އެމްޑިޕީގެ މެނިފެސްޓޯ އަކީ ހިސާބުކުރެވި ބަޖެޓުކުރެވިފައިވާ މެނިފެސްޓޯއެއް ކަމަށާއި ރައްޔިތުންނަށް އުސޫލުތަކެއް ހުށަ އަޅައި އެ އުސޫލުތަކާއި ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
24އޮގަސްޓް 2013 ދުވަހުގެ ރޭ މާފައްނަނު މާކަރީ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި އެމްޑީޕީގެ ސިޔާސަތުތައް އެކުލަވައިލާފައި ވަނީ ދޮރުން ދޮރަށް ހިނގައި ރައްޔިތުން ގާތުގައި އޮޅުން ފިލުވައި ވާހަކަ ދައްކައި ރައްޔިތުންގެ އިހްސާސްތަކާއި ބޭނުންތައް ފުއްދައި ރާއްޖެ ތަރައްގީ ކުރުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށެވެ. އަދި އިއްޔެ އެމްޑީޕީއިން ހުށަ އެޅި ހުށައެޅުމުގައި ބަޔާން ކުރާ އެއްވާހަކައަކީ ވައަދު ވުމަކުން އަދި ވައުދު ނުފުއްދޭނޭ ވާހަކަން ފާހަގަކުރަައްވަމުން ވައުދު ފުއްދެން މި އޮންނަނީ ވައުދު ފުއްދުމަށް ބޭނުންވާ ސިޔާސަތު ތަކެއް އެކު ލަވައިލާ އެސިޔާސަތު އެކަލަވައިލައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ސިޔާސަތުތައް ހިންގީމާ ނުނީ އަޅުގަނޑުމެން ބޭނުންވާ އަދި އެދޭ ކަންތައްތަައް ވެގެނެއް ނުދާނެއެވެ.
އެހެން ޕާޓީތައް ވަމުން ދާ ވައުދުތަކަށް އިޝާރާތްކޮށް ތަކެތިންނާއި ކޮށްދެވޭ ވަކި ވަކި ކަންތައްތަކުން ވައުދުވުމުގެ މާނަޔެއްނެތްކަން ފާހަގަ ކުރައްވަމުން އެމްޑިޕީގެ އަމާޒަކީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމް ރާއްޖޭގައި ހަރުދަނާ ކޮށް ނިޒާމުގެ ބޭނުން ރާއްޖޭގެ ރައްޔިތުންނަށް ކުރެވޭނެ ގޮތް ހޯދައި ރައްޔިތުންނަށް އެކަށީގެންވާ ފުރުސަތުތައް ހޯދައިދިނުންކަމަށްވެސް ރައީސް ނަޝީދު ހާމަކުރެއްވިއެވެ. ހަމައެހެންމެ ރައްޔިތުންނަށް ސިޔާސީ ވައުދު ފުރިހަމަ ގޮތުގައި ވެވެން ޖެހޭނެކަން ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި މިއަދު ފެންނަން މިއޮތީ ހަމައެކަނި އެމްޑީޕީގެ ވައުދުތައްކަމަށްވެސް ހާމަކުރެއްވިއެވެ. ހަމައެހެންމެ ގަބޫލު ކުރެވޭ ބަލައި ގަނެވޭ ގޮތައް ހުށައަޅައިފައިވަނީވެސް ހަމައެކަނި އެމްޑީޕީގެ ސިޔާސަތުތައްކަން ފާހަގަކުރެއްވިއެވެ.
ސިޔާސަތުތައް ބަޔާން ކުރާ 130 އެތައް މަޝްރޫއެއް ރާއްޖޭގައި ހިންގޭނެކަން ފާހަގަަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެ މަޝްރޫތައް ހިންގުމުން 51000 ހަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދި، މާލޭގައި 12000 މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދެވި، އިޖުތިމާއީ ރައްކާތެރިކަން އިތުބާރާ އެކީ ހިފެހެއްޓީ ރާއްޖެ ތަރައްގީ ވެގެން ދާނެއެވެ.
އެމްޑީޕީޔާއި ވާދަވެރިންނާއި އެތައް ތާފާތެއް ވާކަމަށް ވިދާޅުވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ތަފާތަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި ގެންގުޅޭ ފިކުރުގެ ތަފާތެވެ. އެމްޑީޕީގެ އަމާޒަކީ އެވަސީލަތްތަކުގެ ބޭނުންކުރުން ކަން ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ ހަރު މުދަލަކީ އެންމެ އެކަށީގެންވާ ގޮތައް އެތަކެތީގެ މުއާމަލާތު ކުރަންވީ މުދަލެވެ. އެމުދަލުގެ ބޭނުމަކީ ރައްޔިތުންނަށް ކަން ކަން ވެ، ލުއި ފަސޭހަވުން ކަމަށްްވެސް އެމަނިކުފާން ވިދާޅުވިއެވެ.
ކޮންމެ ރައްޔިތެއްވެސް ބޭނުންވަނީ ތަރައްގީ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެމްޑީޕީގެ މެނިފެސްޓޯއަކީވެސް އަދި ހުށައެޅުމަކީވެސް ތަރައްގީއެވެ. ދޮޅު އަހަރު ދުވަސް ކުރިން ރައްޔިތުން ކަންކަން ދުށީ ވަރަށް ނާއުއްމީދުކޮށްކަން ފާހަގަކުރައްވަމުން ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ ގޭގައި ތިބޭކަށް ތައްޔާރަށް ނޫންކަމަށާއި ނިކުމެ ހައްގުތައް ހޯދަން ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމައެހެންމެ އެމްޑީޕީގެ ވެރިކަން އަލުން އަނބުރާ އިޔާދަ ކުރާނީ އެހައްގުތައް އަލުން އަނބުރާ ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިހާބުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު އެންމެނަށްވެސް ހިނިތުންވުމާއެކު ޔަގީން ވަމުން މި އަންނަނީ އިރާދަކުރެއްވިޔާ އެއްބުރުން އެމްޑީޕީ މިއިންތިހާބު ކާމިޔާބު ކުރާނެކަންވެސް އެމަނިކުފާން ޖޯޝާއެކީ ފާހަގަކުރެއްވިއެވެ.