އެމްޑީޕީ ދާއިރާ އިންތިޚާބުގެ ހުސް މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި

21 އޯގަސްޓް 2010

މިއަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ހުސް މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އެޕާޓީން އިތުރުކޮށްފިއެވެ.
މާދަމާ ހަވީރު 4.00 އާ ހަމައަށް މުއްދަތު އިތުރުކުރި ނަމަވެސް ކުރިމަތިލެވޭނީ ހުސް މަޤާމަތަކަށް އެކަނި ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ. އަދި މިހާރު މެންބަރުން ކުރިމަތިނުލާ ހުރި ހުސް މަޤާމްތައް އެމްޑީޕީ ވެބްސައިޓުން އެނގެން ހުންނާނެއެވެ. .