ޑރ. ޝަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖް ކުރަނީ

6 ނޮވެމްބަރ 2009

ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ކުރުމަށް ޕީއޭ އާއި ޑީއާރުޕީން ކުރާ މަސައްކަތާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން އެމްޑީޕީން ނޮވެމްބަރު 10 ވާ އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރު މަޖިލިސް ދޮށަށް އެއްވާނެ.