ބަންޑާރަ ނައިބު، ސަވާދުގެ ނަންފުޅު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފި

21 އޯގަސްޓް 2010

ބަންޑާރަ ނައިބު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދާދިފަހުން ހަމަޖައްސަވާފައިވާ ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ހ. ސީސައިޑް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވުމުން ، އެނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވައިދުގައި ވާ ގޮތުގެ މަތިން މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ” ކޮމިޓީއަށް ފޮނުއްވައިފިއެވެ.”