މެލޭޝިޔާގައި އުޅޭ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން “4 އޮން 4” ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް މިއަދު ބޭއްވި

7 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށްޓަކައި މެލޭޝިޔާގައި އުޅޭ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ކުރިޔަށް ގެންދާ “އެއްބުރުން” ކެމްޕެއިން ގެ ތެރެއިން “4 އޮން 4” ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް މިއަދު (24 އޯގަސްޓް 2013) ބާއްވައިފިއެވެ.

މެލޭޝިޔާގައި އުޅޭ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން މިފަހަރު ކެމްޕެއިން ހަރަކާތުގެގޮތުގައި މި ބޭއްވި ފުޓުބޯޅަ މުބާރާތުގައި 19 ޓީމަށް ބަހާލައިގެން 142 ފަރާތަކުން ބައިވެރިވި މި ކެމްޕެއިން ހަރަކާތް މެލޭޝިޔާ ގަޑިން ހެނދުނު8 ޖެހިއިރު ފަށައިގެން ކުރިޔަށް ގެންގޮއްސައިވަނީ މެލޭޝިޔާގެ ސަންވޭ އެކްސްޓީރީމް ޕާކް، ޕެޓަލަންގ ޖާޔާގައެވެ.