ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލު މަޖިލީހުން ފާސްކޮށްފި

21 އޯގަސްޓް 2010

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ( 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ) ޖަލްސާގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 13 އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 5 އިސްލާޙް ފާސްކޮށް މަޖިލީހުން އެ ބިލު ފާސްކުރައްވައިފިއެވެ.
މި ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 17 އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 10 އިސްލާޙް ފާސްކޮށް މަޖިލީހުން ބިލު ވަނީ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.