އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް ބާއްވަނީ

އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން 9 ނޮވެމްބަރ 2009 ވާ ހޯމަ ދުވަހުގެ ހަވީރު ޚާއްސަ ހިނގާލުމެއް ބާއްވަނީ. “އޯގާތެރި ސަރުކާރަކަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ސަރުކާރަށް ހިތްވަރު ދިނުމަށް” މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއްގައި، ބޭއްވުމަށް ހަމަޖެހިފައިވާ މިހިނގާލުން ފެށޭނީ މިއަންނަ ހޯމަ ދުވަހުގެ ހަވީރު 3.30 ގައި ސޯޝަލް ސެންޓަރު ކައިރިން. މިޚާއްޞަ ހިނގާލުމުގައި އެމްޑީޕީ އިއްތިހާދާއި ސަރުކާރަށް ތާޢީދު ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް. މިހިނގާލުމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާނެ