އެޗްއާރްސީއެމްގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ޢައްޔަން ކުރެއްވުމަށް ދެބޭފުޅެއްގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވައިފި

19 އޯގަސްޓް 2010

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށާއި، ނައިބު ރައީސް ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދެބޭފުޅެއްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މިގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، މާފަންނު ހުކުރަދިގޭ މަރްޔަމް ޢަޛްރާ އަޙްމަދުގެ ނަންފުޅެވެ. ނައިބު ރައީސް ކަމަށް ފޮނުއްވީ، ފާދިއްޕޮޅު ހިންނަވަރު ދޭލިޔާއާގޭ ޖީހާން މަޙްމޫދުގެ ނަންފުޅެވެ.