ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، 20 ޖޫން 2010ން ފެށިގެން ހުޅުވާލެވިފައިވާ ފުރުޞަތުގެ މުއްދަތު، ބައެއް ދާއިރާތަކަށް، 31 އޮގަސްޓް 2010 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1.00 އާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ނަމަވެސް މި ފުރުޞަތު ހުޅުވާލާފައިމިވަނީ އެމްޑީޕީގެ ފެކްޓްފައިންޑިންގ ޓީމް މިހާތަނަށް ޒިޔާރަތްކޮށްފައިވާ ތިނަދޫ ދާއިރާ، މަޑަވެލި ދާއިރާ، ވިލިގިލި ދާއިރާ، ފަރެސްމާތޮޑާ ދާއިރާ، ގައްދޫ ދާއިރާ އަދި ގެމަނަފުށި ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށެވެ.
ވީމާ، މިހާރު ހަމަޖެހިފައިވާ ގޮތުން، އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީޚަކީ، 31 އޮގަސްޓް 2010 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1.00 އެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960
ވެބްސައިޓް: www.mdp.org.mv
އީމެއިލް: council@mdp.org.mv
18 އޮގަސްޓް 2010