17 އޯގަސްޓް 2010
މާލޭގެ ބިމުން ސިޔާސީ މަޤްޞަދުތަކަށް ދީފައިހުރި ގޯތިތައް ނެގުމާއި ބެހޭ ބިލު ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މާލެގެ ރައްޔިތުން ގޯތި ނުލިބި ދަތިހާލުގައި މާލޭގައި އުޅޭއިރު ކުރީ ސަރުކާރުގެ ވަޒީރުންނަށް ހަމަ ވަޒީރުކަން ލިބޭ އިރަށް ގޯތިދީފައި އެބަހުރިކަމަށެވެ.
” ކޮންމެ މީހަކަށް ވަޒީރުކަންދީފަ އޭގެ އަނެއްދުވަހު ގޯއްޗެއްދީގެން މިމީހުން މިތިބެނި ގޯއްޗަށް ސަވާރުވެގެން” މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ މިފަދަ ބިލެއް މަޖިލިހަށް ވީހާވެސް ހުށަހެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕި މީޑިއާ ޔުނިޓަށް ވެސް މިރޭ ކަށަވަރުކޮށްދެއްވާފައެވެ.