ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

17 އޮގަސްޓް 2010

– ރާމިޒް –

sameer-450-x-301

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފިއެވެ.
މި ބިލް ބަލައިގަތުމަށް ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.
އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތުން ވަނީ މިބިލް ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވާގޮތަށް ނިންމަވާފައެވެ.