ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

16 އޮގަސްޓް 2010

ޤާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް” ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

މިކައުންސިލަށް ޢައްޔަން ކުރެއްވި މެންބަރުންނަކީ، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޝަބްނަމްގޭ އަޙްމަދު ޢާޠިފާއި، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ޗާނދަނީގެ މާފަންނު ހަވީރީފަންނު ޒިމްނާ ތައުފީޤާއި، މާފަންނު މާޔާ ޑޮކްޓަރ ޔޫސުފް ޝާނާއި، މައްޗަންގޮޅީ ސިސިލްފަރު ޑޮކްޓަރ ފާޠިމަތު ނާޝިދާ އާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މާފަރު ޝިދާތާ ޝަރީފާއި، މައްޗަންގޮޅީ ޗަނބޭލީމާގޭ ޙާމިދު ނަޝީދު މުޙަންމަދާއި، މައްޗަންގޮޅީ ޓިއުލިޕް ޙަސަން ނިޒާމެވެ.

މި 7 ބޭފުޅުން ޢައްޔަން ކުރައްވާފައި މިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ދާއިރާތަކުންނެވެ.