އިޢުލާން: އެމްޑީޕީ ދާއިރާ އިންތިޚާބުގެ މުއްދަތު އިތުރުކުރުން

މިޕާޓީގެ ދާއިރާ އިންތިޚާބު ގައި ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އިތުރު ކޮށްފީމެވެ. އަދި މިފުރުޞަތު އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މަޤާމްތަކަށް އެދިލައްވާ ބޭފުޅުން ސިޓީއަކުން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.
ހ. ދާއިރާގެ ރައީސް
ށ. ދާއިރާގެ ނާއިބްރައީސް
ނ. ސެކްރެޓަރީ
ރ. ސެކްރެޓަރީގެ ނާއިބް
ބ. އިންތިޒާމް ސެކްރެޓަރީ

ދާއިރާ ހިންގާކޮމެޓީތަކުގެ އިންތިޚާބްކުރަންޖެހޭ މަޤާމްތައް އެނގޭނޭ ލިސްޓެއް އެމްޑީޕީގެ ސެކްރެޓޭރިއެޓުންނާއި މިޕާޓީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
11 އޮގަސްޓް 2010

ޚާދިމްކުމް

ހަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް