ޕްރެސް ފްރީޑަމް ރޭންކިންގ ގައި ރާއްޖެ 53 ދަރަޖަ ކުރިޔަށް ޖެހިއްޖެ

21 އޮކްޓޯބަރ 2009

ގައުމުތަކުގައި މިނިވަން ނޫސްވެރިކަން ހިނގާ ދަރަޖަ ގިންތިކުރާ ފަރާތެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯރޑާސްގެ 8 ވަނަ އަހަރީ އިންޑެކްސް ގައި 53 ދަރަޖައިގެ ކުރިއެރުމަކާއެކު މުޅި ދުނިޔެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ވޭތުވެދިޔަ 2008 ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގެ 104 ވަނަ ގައުމުގެ ގޮތުގައި ރޭންކް ކުރެވިފައިވާ ދިވެހިރާއްޖެ، 53 ދަރަޖައިގެ ކުރިއެރުމަކާއެކު މިއަހަރުގެ ރޭންކިންގައި ވަނީ 51 ވަނަ އަށް ޖެހިލާފައެވެ.