އެމްއެންބީސީގެ ދެ ޗެނަލެއް ރީބްރޭންޑްކޮށްފި

12 އޮގަސްޓް 2010

1

ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ރޭޑިއޯ ސްޓޭޝަން ކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ ނަން “ރާއްޖެ ރޭޑިޔޯ” އަށް އަދި ރާއްޖޭގައި އެންމެ މަޤްބޫލު އަދި އެންމެ ގިނަ ދުވަސްވީ ޓީވީ ޗެނަލް ކަމަށްވާ ޓީ.ވީ މޯލްޑިވްސްގެ ނަން “އެމް.އެން.ބީ.ސީ ވަން” އަށް ބަދަލުކޮށްފިއެވެ.
އެ ދެޗެނަލް ރީބްރޭންޑް ކުރުމުގެ ހަފްލާގައި އެކަން އިފްތިތާޙްކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ އަލީ އެވެ.
މި ދެޗެނަލް އިފްތިތާޙް ކުރެއްވީ، އެމް.އެން.ބީ.ސީ. އިން އަންގާރަ ދުވަހުގެރޭ 10 ޖެހިއިރު ހޮލިޑޭއިންގައި ބޭއްވެވި ރީބްރޭންޑިންގ ރަސްމިއްޔާތުގައެވެ.