ސްޕްރީމް ކޯޓަށް އައްޔަންކުރާނޭ ފަނޑިޔާރުންގެ ނަންތައް ރައީސް މަޖިލިހަށް ފޮނުއްވައިފި

10 އޮގަސްޓް 2010

ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަންކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު މިކަން ކަށަވަރު ކޮށްދެއްވި ނަމަވެސްއެބޭފުޅުންގެ ނަންފުޅުތައް ހާމަކުރައްވާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލް މަޖިލިހުން މިއަދު ފާސްކުރެއްވުމުން މިއަދު ރައީސްވަނީ ތަސްދީގު ކުރައްވާ ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ. އެޤާނޫނުގެ ދަށުން ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ 3 ހފަހަރެއްގެ މަތިން ފަސްކުރުމަށްފަހު، މިހާރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 5:30 ގައެވެ.
މި ޖަލްސާގައި ފަނޑިޔާރުންގެ ނަންފުޅުތަކަށް ވޯޓަށް އަހާނީ އެއްފަހަރާ އެވެ.