ރައީސް ނަޝީދުގެ ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީ ވިލިމާފާއްނު ދާއިރާގެ “ދޮރުން- ދޮރަށް” ހިންގަވަން ފައްޓަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީ ވިލިމާފާއްނު ދާއިރާގެ “ދޮރުން ދޮރަށް ހިންގަވަން އިއްޔެ (19 އޮގަސްޓް 2013) ހަވީރު ވަނީ ފައްޓަވައިފައެވެ. އިއްޔެއާއި މިއަދު ހެނދުނު ވިލިމާފަންނު ދާއިރާގެ މާލޭގެ ގެތަކަށް ޒިޔާރަތްކުރެއްވި އިރު މިއަދު މެންދުރު330 ގައި އެ ދާއިރާގެ ވިލިނގިލީގެ ގެތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ފައްޓަވާފައެވެ.

ޑރ. މުސްތަފާ ލުތުފީ އަދި ޕާޓީގެ ޗެއަރޕާސަން ގެއިން ގެޔަށް، ދޮރުން-ދޮރަށް ހިންގަވާ މި ކެމްޕެއިން ހަރަކާތުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ޕާޓީން ކަނޑައަޅައިފައިވާ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވާ އަދި އެހެން ރިޔާސީ ކެންޑިޑޭޓުންނަށް ވުރެ ރައީސް ނަޝީދު “އެއްބުރުން” ހޮވަންވީ ސަބަބުތައްވެސް ރައްޔިތުންނަށް ކިޔާދެއްވާނެއެވެ.

ޑރ. މިސްތަފާ ލުތުފީ ވިލިމާފައްނު ދާއިރާގެ ދޮރުން-ދޮރަށް ހިންގެވުން މިއަދަށް ނިންމަވާލައްވާ މާދަމާ ހެނދުނު 10ކުން ފެށިގެން ދޮރުން ދޮރަށް ހިންގަވާނީ މާފައްނު ދެކުނު ދާއިރާގައެވެ. މާދަމާ ދޮރުން ދޮރަށް ހިންގަވަން ފައްޓަވާނީ ކުޑަ ޕާކް( މ. ޖަރީމާގެ) ކައިރިންނެވެ.