ތަހުނިޔާ ދެންނެވުން: ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާ

10 އޮގަސްޓް 2010

އިސްލާމީ އުއްމަތާ ކުރިމަތިމިލާ ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރި މުނާސަބަތުގައި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި، ދައުލަތުގެ އެންމެހާ ވެރިންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ވަރަށް އިޚްލާޞްތެރިކަމާއެކު ތަހްނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ.
އިސްލާމީ އުއްމަތަށް މިރަމަޟާން މަހުގެ ފުރިހަމަ މަންފާއާއި ފައިދާ ލިބި، ދިވެހި އުއްމަތަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި!