ދެރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު އައްޔަންކުރައްވައިފި

10 އޮގަސްޓް 2010

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލަރގެ މަގާމަށާއި، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން، ތުރާކުނު ކައުންސިލަރގެ މަގާމަށް ޢައްޔަން ކުރެއްވީ، ތުރާކުނު ދިލްކުޝާގޭ ޢަލީ ޢައްބާހެވެ. އުތީމު ކައުންސިލަރގެ މަގާމަށް ޢައްޔަން ކުރެއްވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ޢާލަމް އަޙްމަދު ރިޟްވާނެވެ.