ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި

10 އޮގަސްޓް 2010

ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ. މިގޮތުން، ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3851 އަޙްމަދު ނަޝީދެވެ. މެނެޖިންގ ޑިރެކްޓަރގެ މަގާމަށް ހަމަޖައްސަވާފައިވަނީ، ގަލޮޅު ގްރީންލިން މުޙަންމަދު ނިޒާމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ފުލިދޫގޭ މުޙަންމަދު އަޙްމަދުދީދީ އާއި، މައްޗަންގޮޅީ ވިނަގަނޑު އާދަމް ޢަލިމަނިކާއި، މާފަންނު ޒީނާ މުޙަންމަދު ސަމީރާއި، ކޮޅުމަޑުލު ކިނބިދޫ ގުލްފާމްގޭ މުޙަންމަދު ޢާރިފެވެ.