ލިޔުނީ: އަހުމަދު އަޒްހަރު
ރާއްޖޭގެ ރައްޔިތުން ރައީސް ނަޝީދަށް ވޯޓް ދޭނީ ހެޔޮ ލަފާ ވެރިޔަކަށް ވާތީ ކަމަށާއި އެމަނިކުފާނަކީ ހެޔޮ ވެރިކަމެއް ކުރައްވައިފައިވާ ރައްޔިތުންނަށް ހެޔޮ، ހުލްޤު ހެޔޮ، އެހާމެ ދީލަތި އަދި ރަނގަޅު ވެރިޔަކަށް ވާތީ ކަމަށް ރައީސް ނަޝީދުގެ ރަނިން މޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިމަހު 16 ވަނަ ދުވަހު ވާހަކަ ފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުން ވޯޓް ދޭންވާ ސަބަބުތައް އޮޅުން ފިލުވައިދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރައްޔިތުން ރައީސް ނަޝީދަށް ވޯޓް ދޭނީ އެމަނކިފާނަކީ ބަޣާވާތް ނުކުރައްވާާނެ ބޭފުޅަކަށް ވާތީއެވެ. ރާއްޖޭޭގައި ހުދުމުހުތާރު ވެރި ކަމެއްކުރަމުން ގެންދިޔައިރު އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރެއްވީ ޑިމޮކްރެސީގެ އުސޫލުތައް ރާއްޖެޔަށް ގެނައުމަށްޓަކައި ކަމަށާއި އެހެނަސް ދެން ތިބި ހުރިހާ ކެންޑިޑޭޓުންވެސް އެތިބީ ބަޣާވާތެއް ކޮށްގެންކަމަށާއި އެ ސަބަބަށްޓަކައި ރައްޔިތުން އެމީހުންނަށް ވޯޓެއް ނުދޭނެ ކަން އެމަނިކުފާން ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ރައީސް ނަޝީދަށް ރައްޔިތުން ވޯޓް ދޭނީ އެމަނިކުފާނު އަނިޔާވެރިވެވަޑައި ނުގަންނަވާތީކަމަށާއި ދެން ތިބި ހުރިހާ ކެންޑިޑޭޓުންވެސް އެތިބީ ދިވެހިން ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި އަނިޔާ ރައްޔިތުންނަށް ކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ 3 އަހަރު ދުވަހުގެ ވެރިކަމުގައި އެއްވެސް ދިވެހި ރައްޔިތަކަށް ކުޑަވެސް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށާއި މުސްތަޤުބަލުގައިވެސް އަނިޔާއެއް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އަރުވާފައެވެ.
އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ނަޝީދަށް ވޯޓުލައި އެއްބުރުން އެމަނިކުފާނު ހޮވާނީ އެމަނިކުފާނަކީ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދެއްވާ ވެރިޔަކަށް ވާތީކަމަށް ވިދާޅުވަމުން ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީ ވިދާޅުވި ގޮތުގައި ތެން ތިބި ހުރިހާ ކެންޑިޑޭޓުންވެސް ވެރިކަން ކުރާނީ އަމިއްލަ މީހާއަށް ޓަކައި ކަމަށާއި ފައިސާއަށާއި މުންސަދިވެ ޖާހާއި މާލު މަތިވެރި ކުރުމަށްޓަކައި ކަމަށެވެ. ހަމައެހެންމެ ރައީސް ނަޝީދުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށް ވިދާޅުވަމުން އެމަނިކުފާނުގެ ތިިން އަހަަަރުގެ ވެރިކަމުގައި ހުރިހާ މަސައްކަތެއްވެސް ކުރެއްވީ ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށްކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި އިޖްތިމާއި ރައްކާތެރިކަމާއި ބޯ ހިޔާ ވެހިކަމާއި އަދި މަސްތުވާތަކެތިން ރައްކާތެރިކަން ލިބުނު އަދި ލިބޭނެ ކަމަށް ވިދާޅުވަމުންް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ރައްކާތެރިކަން ދީގެން ނޫނީ ރައްޔިތުންނަކަށް އުފަލުގައި ދިރި ނޫޅެވޭނެއެވެ.
ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ނަން އެންމެ މަތިވެރިވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަން ފާހަގަކުރައްވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވިގޮތުގައި އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ނަޝީދަށް ވޯޓް ދޭނީ އައްޑޫ ސިޓީ ތަރައްޤީ ކޮޮށް އަދި އިތުރަށް ތަރައްޤީ ކޮށްދެއްވާނެތީ ކަަމަށްވެސް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ކެމްޕެއިން ޕެޗް އޭޖެންޓުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އޭޖެންޓުން ދޮރުން ދޮރަށް ހިނގައި ހުރިހާ ރައްޔިތުންނާއި ބައްދަލުކުރިކަންވަނީ އުފަލާއި އެކު ފާހަގަކުރައްވާފައެވެ.. ހަމައެހެންމެ މިއިންތިހާބު ކުރެވެނީ ޕެޗް އޭޖުންޓުންގެ މަސައްކަތުންކަމަށް ވިދާޅުވަމުން އެބޭފުޅުންގެ ބަސް ސަރުކާރައް އިއްވަން ޖެހޭނެ ކަމަށް ވިދާޅުވިޔެވެ. އަދި ސަރުކާރަށް ކުރެވޭ ކަމެއްގެ ސަބަބުން ނުވަތަ ނުކުރެވޭ ކަމެއްގެ ސަބަބުން އެބޭފުޅުންގެ އެއްވެސް އިހުސާސް ތަކެއް ވާނަމަ ލަސްނުވެ އެކަން އެންގުމަށް ވަނީ އެދި ލައްވާފައެވެ.
ރައީސް ނަޝީދަށް ލިބިފައިވާ އެންމެ ބޮޑު މުއްސަނދިކަމަކީ ދިވެހި ރައްޔިތުންގެ ލޯތްބާއި ތަރުހީބު ކަމަށް ވިދާޅުވަމުން އެމަނިކުފާނުން ފާހަގަކުރެއްވި ގޮތުގައި އެހެން ކެންޑިޑޭޓުންނަށް ލިބިފައިވާ އެންމެ ބޮޑު ފަގީރުކަމަކީ އެމީހުންނަށް ރައްޔިތުންގެ ލޯތްބާއި ތަރުހީބު ނުލިބުން ކަަމަވެ. ހަމައެހެންމެ ރައްޔިތުންގެ ތަރުހީބާއި ލޯތްބީގެ ސަބަބުން ހުދު އެމަނިކުފާނުގެ ނަފްސުވެސް މުއްސަނދިވެއްޖެ ކަމަށް ހާމަކުރައްވަމުން ހުރިހާ ރައްޔިތުންނަށް ވަނީ ޝުކުރުދަންނަވާފައެވެ.