ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމަށް ހުޅުވާލި ފުރްޞަތުގައި 180 ފަރާތުން ނަން ހުށަހަޅުއްވާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހާމަކުރައްވައިފި

10 އޮގަސްޓް 2010

ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމަށް ހުޅުވާލި ފުރްޞަތުގައި 180 ފަރާތުން ނަން ހުށަހަޅުއްވާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމަށް ފުރްޞަތު ހުޅުއްވާލެއްވީ، މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވީ، މި އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3.00 އަށެވެ.

ޤައުމީ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިއަހަރު ޤައުމީ އިނާމަށް ހުށަހެޅި ފޯމްތައް ބައްލަވައި، އިނާމަށް މީހުން ހޮއްވެވުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިހާރުވަނީ ފަށްޓަވާފައެވެ.