ރައީސުލްޖުމްހޫރިއްޔާ، ކޮލަމްބިއާގެ އާ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ

9 އޮގަސްޓް 2010

ކޮލަމްބިއާގެ އާ ރައީސް މިސްޓަރ ހުއާން މެނުއެލް ސެންޓޯސް މަޤާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި މުނާސަބަތުގައި ހުއާން މެނުއެލް ސެންޓޯސަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިސްޓަރ ސެންޓޯސްގެ ޒަޢާމަތުގައި ރާއްޖެއާއި ކޮލަމްބިއާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.