އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު “ވަރަށް ވެދުން” ރާއްޖޭގެ ޙިދްމަތްތެރިންނަށް ފޮނުއްވަވާ ސިޓީ އާއްމުކޮށްދެއްވުމުގެ ސިލްސިލާ ޕްރޮގްރާމް ގެފެށުން މިއަދު އެމަނިކުފާނު އިިފްތިތާޙް ކޮށްދެއްވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު “ވަރަށް ވެދުން” ރާއްޖޭގެ ޙިދްމަތްތެރިންނަށް ފޮނުއްވަވާ ސިޓީ އާއްމުކޮށްދެއްވުމުގެ ސިލްސިލާ ޕްރޮގްރާމް ގެފެށުން މިއަދު އެމަނިކުފާނު އިިފްތިތާޙް ކޮށްދެއްވާނެއެވެ.

ރައީސް ނަޝީދު ކޮޅުނބުގައި ހުންނަވައިގެން ވީޑިއޯގެ ޒަރިއްޔާއިން ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ބޭފުޅުންނާއި ގުޅުއްވައިގެން ފައްޓަވައިދެއްވާ “ވަރަށް ވެދުން” މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ފެށޭނީ މެންދުރު ފަހު 2:30 ގައި އެމްޑީޕީގެ މައިއޮފީހުގައެވެ.