މެލޭޝިޔާގައި އުޅޭ ދިވެހިންނާއި އެކު އެމްޑީޕިގެ ޕޮލިސީ ޓީމުން މިއަދު އެރަށުގައި ބައްދަލުވުމެއް ބާއްވާނެ

މެލޭޝިޔާގައި އުޅޭ ދިވެހިންނާއި އެކު އެމްޑީޕީގެ ޕޮލިސީ ޓީމުން މިއަދު (17 އޮގަސްޓް 2013) ހަވީރު 4 ޖަހާއިރު މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި (ޕިކާޑިލީ ރެސްޓޯރެންޓް، ޕެޓަލިންގ ޖާޔާގައި) ބައްދަލުވުމެއް ބާއްވާނެއެވެ. ޕޮލިސި ޓީމުގެ މުޤައްރިރު އަދި ޓީމުގެ ބައެއް މެމްބަރުންނާއެކު ބާއްވާ މި ބައްދަލުވުމުގައި މެލޭޝިޔާގައި އުޅޭ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މިހާތަނަށް އިފްތިތާޙް ކޮށްފައިވާ ހުރިހާ ސިޔާސަތުތަކުގެ މައުލޫމާތު މެލެސިޔާގައި އުޅޭ އެމްޑީޕީގެ މެމްބަރުންާނާއި ސަޕޯޓަރުންނާއި ހިއްސާކުރައްވާ ސިޔާސަތުތަކުގެ ބޭނުންތެރިކަމާއި މުހިއްމުކަން އޮޅުންފިލުވައިދެއްވާ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.