މަޖިލީހުގެ މިއަދުގެ ޖަލްސާ 3 ވަނަ ފަހަރަށް ފަސްކޮށްފި

7 އޮގަސްޓް 2010

ރައްޔިތުންގެ މަޖިލީހުން އިންތިޤާލީ މަރުހަލާ ނިމުމުގެ ކުރިން ކޮންމެހެން ކުރުން ޤާނޫން އަސާސީން ލާޒިމްކުރާކަންތައް ކުރުމަށް މިއަދު ހެނދުނު 9.00 ގައި ބާއްވަން ހަމަޖެއްސި ޖަލްސާ 3 ވަނަ ފަހަރަށް ފަސްކޮށްފިއެވެ.
ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެފައިވާތީ ކަމަށް ބުނެ މިއަދު ހެނދުނު 9.00 ޖެހިއިރު ފަށަން ހަމަޖައްސާފައިވާ ޖަލްސާ އެންމެ ފުރަތަމަ ފަސްކޮށްފައިވަނީ ހެނދުނު 11.30 އަށެވެ. އޭގެ ފަހުން މެންދުރުފަހު 2.30 އަށް ފަސްކުރުމަށްފަހު މިހާރު މިޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މިރޭ 8.00 ޖަހާއިރުއެވެ.
ޕާޓީތަކުގެ މެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވެފައިވަނީ ކުއްލިގޮތަކަށް ފަނޑިޔާރުންގެ ބިލަށް މިއަދު ޑީއާރުޕީން އިސްލާޙްތަކެއް ހުށަހެޅުމާއި، އުއްތަމަ ފަނޑިޔާރު އައްޔަންކުރުމުގައި އަމަލުކުރާނޭ ގޮތަކާ މެދުގައެވެ.