ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ކަނޑުމަގުންނާއި ވައިގެ މަގުން ޕެޓްރޯލް ކުރަންފަށައިފި

7 އޮގަސްޓް 2010

5

އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި އިންޑިޔާގެ ކަނޑުގެ ސިފައިން ގުޅިގެން މި އޮގަސްޓް 05 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ކަނޑުމަގުންނާއި ވައިގެ މަގުން ޕެޓްރޯލްކުރަމުން އެބަދެއެވެ. މިޕެޓްރޯލްތަކުގައި އިންޑިޔާ ކަނޑުގެ ސިފައިންގެ މިކަމަށް ޚާއްޞަ މަތިންދާބޯޓަކާއި، އެމް.އެން.ޑީ.އެފް އޭރިޔާ ތަކުގައި ހަރަކާތްތެރިވަމުންދާ ކޯސްޓްގާޑް އުޅަނދުފަހަރު ބައިވެރިވާނެއެވެ. އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި އިންޑިޔާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށްގެންދާ މިޕެޓްރޯލްތަކުގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ގަވާއިދާ ޚިލާފް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯބެލުމާއި މިފަދަ ކަމެއްހިނގާނަމަ އެކަމަކަށް ފިޔާވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.