5 އޮގަސްޓް 2010
ލިޔުނީ: ހަސަން މާހިރު/ހުޅުދޫ
ރާއްޖޭގައި މިއަދު އޮތް ސިޔާސީ މާޙައުލުގެ މައްޗަށް ވިސްނާ، ޑިމޮކްރަސީގެ އުސޫލުތައް މިގައުމުގެ ވެރިކަން ހިންގުމުގެ ޙުކޫމަތުގެ ތެރޭގައި އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ކޮންމެ ދަރިއެއްގެ ގައުމީ އަދި ދިނީ މަސްއޫލިއްޔަތެކެވެ. ވީހިނދު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ބޭނުން އަދި ސިޔާސީ ޕާޓީތަކުގެ ގައުމީ މަސްއޫލިއްޔަތާއި ވާދަވެރި ދައުރު މިއަދު އަޅުގަނޑުމެން ދަސްކުރަން އެބަޖެހެއެވެ. ސުއާލަކީ، ރާއްޖޭގައި ވާދަވެރި އިދިކޮޅު ސިޔާސީ ފަރާރްތަކެއް އެބަތިބި ހެއްޔެވެ؟ މިރާއްޖެއިން އަޅުގަނޑަށް ފެންނަ މަންޒަރަކީ، ސިޔާސީ ލީޑަރުންކަމަށް ދަޢުވާކުރާ މީހުންގެ ކިބައިންވެސް ޅަކުދިންގެ މިސާލު ފެންނަކަމެވެ. އަޅުގަނޑަށް މިގައުމުން ފެންނަނީ ތިމާ، އެހެން މީހުންނާއި، ސިޔާސީގޮތުން ވާދަކޮށް ބަލިވެއްޖެނަމަ، ބަލިގަބޫލުނުކުރާ މަންޒަރެވެ. ނުވަތަ ކާމިޔާބު ލިބުނު މީހާގެ ވެރިކަން ގަބޫލުނުކުރާ މަންޒަރެވެ. މިއީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އަމާލާއި ރޫޙު ހުންނަންޖެހޭ ގޮތް ހެއްޔެވެ؟ ތިމާނޫން އެހެން އެންމެންނަކީ، ބޮޑެތި އަނާޅީންކަމުގައި ހީކުރުމަކީ، ވަރަށްދެރަ މައްސަލަ އެކެވެ. ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ މައްޗަށް އަޢުލަބިއްޔަތުން އިންތިޙާބު ކުރެވޭ ކޮންމެ ޤާނޫނީ ސަރުކާރެއް ޤާނޫނީ ޙުދޫދުތަކުގެ ތެރޭގައި އެސަރުކާރެއް ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރާހާ ހިނދަކު، ޤާނޫނީވެރިކަން ރައްޔިތުންނާއި ގައުމުގެ ޙައްޤުގައި އަދާކުރެވޭނެ އެންމެހާ ޤާނޫނީ ވެއްޓެއް އެ ސަރުކާރަކަށް ޤާއިމުކޮށް ދިނުމަކީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ނުވަތަ މައިނޯރިޓީންގެ ގައުމީ ޒިންމާއެކެވެ. އެހެންމެ ޤާނޫނީ ސަރުކާރު ހިމާޔަތް ކުރުމަކީ ސިފައިންނާއި، ފުލުހުންގެ މައްޗަށް ޤާނޫނު އަސާސީ ލާޒިމުކުރާ ކަމެކެވެ. އެހެނީ ޤާނޫނު އަސާސީގެ 244 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށް ފައިވާ ފަދައިން، ޤާނޫނު ނެގެހެއްޓުމަކީ، ފުލުހުންގެ މަސްއޫލިއްޔަ ތަކަށް ވީހިނދު، ޤާނޫނު ނެގެހެއްޓުން، ފުލުހުންނަށް ޤާނޫނު އަސާސީގެ 244 މާއްދާގެ ރ ލާޒިމުކުރާ ހިކުމަތަކީ، ކޮބާހެއްޔެވެ؟ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީ ނެގެހެއްޓުން ފުލުހުންނަށް ޤާނޫނު އަސާސީ ލާޒިމުކުރާ ހިނދު، ޤާނޫނު އަސާސީގެ 237 ވަނަ މާއްދާއިން ވެސް ވެރިކަން ހިންގުމުގެ ބާރު ( ޤާނޫނު އަސާސީ އާއި ދިމުޤްރާތީ މުއައްސަސާތައް) ހިމާޔަތްކުރުން ފުލުހުންނާއި ސިފައިންގެ މައްޗަށް ލާޒިމުކުރެއެވެ. މިއީ ސަލާމަތީ ބާރުތަކުގެ އިސް މަސްއޫލިއްޔަ ތަކަށް ވާންޖެހޭ އިރު، މިއީ އަސްކަރިއްޔާ ހިންގުމުގެ ޤާނޫނީ ސިޔާސަތުގެ ތެރޭގައި ނުވަތަ އަސްކަރީ ޖެނެރަލުންގެ ވިސްނުން ފުޅުގައި ލާމެހިފައި އޮންނަންޖެހޭ، މުހިއްމު ޤާނޫނީ އަސްކަރީ މަސްދަރެކެވެ
ދިވެހިން މިއަދު ވަނީ، 21 ވަނަ ޤަރުނަށް ކުރިމަތި ލާފައެވެ. ހެޔޮ ވިސްނޭ ބައެއްގެ ގޮތުގައެވެ. ފިނި ހަނގުރާމަ ނިމި އިއްތިޙާދީންގެ މެދުގައި އ.ދ އުފެދި ދުނިޔެ ކޮލޮނައިޒް ކުރުމުގެ އިސްތިޢުމާރީ ނުބައި އަމަލުން ދުނިޔޭގެ ބާރުގަދަ ޤައުމުތަށް އެކަހެރި ވެއްޖެކަން ޤަބޫލުކުރާ ބައެއްގެ ގޮތުގައެވެ. ފަރަންޖީނާއި، ޕޯޗްގީޒުންގެ ބިރުވެރިކަން ރާއްޖެއިންނެތި، ވޯރާ ވިޔަފާރިވެރީން މިޤައުމުން ހިނގައްޖެކަން ޤަބޫލުކުރާ ބައެއްގެ ގޮތުގައެވެ. ވީހިނދު، ބޯދާ ވިސްނުމާއި، ޖާހިލު ފިކުރުތަކުގެ އަލީގައި ވިސްނުން ދޯހަޅި މީހުންގެ ބޮލަށް ސަވާރުވުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރައްވާށެވެ. ގައުމެއްގެ އިންފްރާސް ޓްރަކްޗަރ ޕްރައިވަޓައިޒް ކުރުމާއި، ޕްރައިވެޓް ޕަބްލިކް ޕާރޓަނަރ ޝިޕުގެ ދަށުން ދައުލަތުގެ މުއައްސަސާތައް ހިންގުމަކީ، ދައުލަތުގެ ހަރުމުދާ ވިއްކުންކަމަށް ބަޔަކުއަޑު ފަތުރަމުން ދާއިރު، ތަރައްގީގެ މަރުހަލާތަކަށް ވާސިލުވުމުގެ ގޮތުން މިސަރުކާރުން ބައިނަލް އަގުވާމީ މުޖުތަމަޢުގެ ތެރޭގައި ޤާނޫނީ އަދި ސިޔާސީގޮތުން އަދާކުރަމުން ދާ ތަފާތު މުހިއްމު ދައުރުތަކުގެ މައްޗަށް އިދިކޮޅު ބައެއްގެ ކުލަވަރު ބޭރުފުށުން ދައްކާ ބިނާކުރަނިވި އިންތަކުން އެއްކިބާވެ ޤާނޫނީ އަދި ސިޔާސީ ހުދޫދުތަކުގެ ތެރޭގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިއެރުމާއި، ތަރައްގީ އަށްޓަކައި މިސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ މައްޗަށް ޒައްރެއްގެ މިންވަރުވެސް ތާއީދު ކުރުމެއް ނެތި އިދިކޮޅުޕާޓީ ތަކުގެ ނަމުގައި މުޅި ގައުމު ފިތުނަވެރި ކުރަމުން ދާހިނދު، މިއީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.
ސިޔާސީ ޕާޓީތަކާއި ބެހޭގޮތުން މަޖިލީހުގައި ތަފާތު ވިސްނުންތަކުގެ މައްޗަށް ނުވަތަ ތަފާތު ނަޒަރިއްޔާ ތަކުގެ މައްޗަށް މަޖިލީހުގެ މެންބަރުން މަޖިލީހުގައި ބަހުޡްކުރަމުން ދާއިރު، ދީނީ ނަޒަރިއްޔާތުގެ މައްޗަށް ސިޔާސީ ޕާޓީތަކާއި ބެހޭގޮތުން އެއްޗެއް ބުނާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އިންޓަރ ނޭޝަނަލް ބެސްޓް ޕްރެކްޓިސް މިސިޔާސަތުގެ މައްޗަށް ރިޢާޔަށްކޮށް، މަލްޓި ޕާޓީ ނިޒާމުގެ މައްޗަށް ދަޢުލަތް ހިންގާ ޤައުމެއްގައި ސިޔާސީ ޕާޓިތަކުން އަދާ ކުރަންޖެހޭ، ސިޔާސީ ދަޢުރުތަކަކީ ކޮބާއިކަން މިއަދު މިވަނީ، ބައެއް މީހުންގެ މެދުގައި އޮޅިފައެވެ. ސަބަބަކީ، ޤައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ޕާޓީތަކުގެ ދައުރުތަކަކީ، ކޮބާއިކަން އޮޅުން އަރާފަދަ، ގޮތެއްގެ މައްޗަށް ސިޔާސީ ކަންކަމުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ޙާއްސަކޮށް މިއަމަލު ހިންގާ އެއްފަރާތަކީ، ގައުމުގައި ތިއްބެވި މުޙައްމަދު ނަޝީދު ފަދަ ޢިލްމުވެރި ކަމަށް ދަޢުވާކުރާ މީހުންނެވެ.
ސިޔާސީ ނަޒަރަކުން ވިސްނާއިރު، ޤައުމެއްގެ ސިޔާސީ ޙަޔާތުގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ، ދައުރަކީ ސަރުކާރު ވައްޓާލުމެއް ނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ނުވަތަ ސިޔާސީ ޕާޓީތަކެއްގެ އެންމެ މުހިއްމު އިސް ދަޢުރަކީ، ސަރުކާރަށް ޤާނޫނީ ރަނގަޅު މަގު ދެއްކުމާއި، ސަރުކާރު ބިނާކުރަނިވި އުސޫލުތަކުގެ މައްޗަށް ޖަވާބުދާރީ ކުރުވުމާއި، ވާދަވެރި ރޫޙެއްގައި ޤައުމުގައި ބާއްވާ ރިޔާސީ އިންތިޙާބު ތަކުގައި ބައިވެރިވެ، ރައްޔިތުންނަށް ސަރުކާރު ހިންގާދޭނެ ސިޔާސަތު ޙާމަކުރުމާއި، ރައްޔިތުން ދަޢުލަތް ހިންގުމުގެ މަސްޢޫލިއްޔަތު ޕާޓީއަކާއި، ހަވާލުކޮށްފިނަމަ، އެޕާޓީއަކުން ޤައުމަށް ގެނަސް ދެއްވާނެ ތަރަށްޤީއާއި، ކުރިއެރުންތައް މެނިފެސްޓޯ އެއްގެ ގޮތުގައި ޙާމަކުރުމެވެ. ވީހިނދު، ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެނެފެސްޓޯގެ ތަކުގެ ޙަޤީޤީ ބޭނުމަކީ، ވާދަވެރި ރޫޙެއްގައި ޤައުމުގައި ބާއްވާ އިންތިޙާބު ތަކުގައި ބައިވެރިވެ އެންމެ ރަނގަޅަށް ދަޢުލަތް ހިންގާދޭނެ ބަޔަކު ނުވަތަ ޕާޓީއެއް ޚިޔާރުކުރުމުގެ ފްރުޞަތް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. ކަމުގެ ޙިކުމަތަކީ، ފުރޭނިގެން އެންމެ ރަނގަޅަށް ދަޢުލަތް ހިންގާދޭނެ ބަޔަކު ނުވަތަ ޕާޓީއެއް ހޯދުންކަމަށް ވީހިނދު، ރައްޔިތުން ވޯޓްދޭނީ، އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހެޅި ޕާޓީއަކަށެވެ. މިނަން ގަނެވުނު އުސޫލުން ދުނިޔޭގެ ކަންކޮޅު ތަކުގައި ސިޔާސީ ޙަރަކާތްތައް ގެންދިއުމުގެ އުސޫލު ސިޔާސީ މުފަތްކިރުން ތަޢާރަފް ކުރުމުގެ ޙިކުމަތަކީ، އެއްވެސް ޙާލެއްގައި ދުނިޔޭގައި ޑިމޮކްރަސީ އުސޫލުން ވެރިކަން ހިންގާ ޤައުމުތަކުގައި ފިތުނަފަސާދަ އުފެއްދުމެއް ނޫނެވެ. ސިޔާސީ ޙަރަކާތްތައް ވާދަވެރި އުސޫލުން ގެންދިއުމުގެ އެއްމެ މުޙިއްމު ބޭނުމަކީ، ޠަބީޢީ ގޮތުން އެފަދަ ކަންތައްތައް ރަނގަޅު ކުރުމެވެ.