ރައީސުލްޖުމްހޫރިއްޔާ، “ލޯކަލް ގަވަރންމަންޓް އޮތޯރިޓީ” އުފައްދަވައިފި –

5 އޮގަސްޓް 2010

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، އެޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ “ލޯކަލް ގަވަރމަންޓް އޮތޯރިޓީ”، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ އުފައްދަވައިފިއެވެ.
އެ އޮތޯރިޓީއާ މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. .