އެންވޯއި ފޮރ ސައުތު އޭޝިއާ ކަމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފި

4 އޮގަސްޓް 2010

އެންވޯއި ފޮރ ސައުތު އޭޝިއާ ކަމަށް އައްޑުއަތޮޅު ހުޅުދޫ ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. ފާޠިމަތު ދިޔާނާ ސަޢީދު މިމަގާމަށް ޢައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައެވެ.

މީގެއިތުރުން، ސްވިޓްޒަރލަންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށާއި، ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބު ކަމަށް ހެންވޭރު އޯކިޑް އިރްތިޝާމް އާދަމް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އިރްތިޝާމް އާދަމަކީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް ހުންނަ ދިވެހިރާއްޖޭގެ ސަފީރުވެސްމެއެވެ.