އިޢުލާން: އެމްޑީޕީ ދާއިރާ އިންތިޚާބު

28 އޮގަސްޓް 2010 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ދާއިރާ އިންތިޚާބު ގައި ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މަޤާމްތަކަށް އެދިލައްވާ ބޭފުޅުން ސިޓީއަކުން 10 އޮގަސްޓް 2010 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.
ހ. ދާއިރާގެ ރައީސް
ށ. ދާއިރާގެ ނާއިބްރައީސް
ނ. ސެކްރެޓަރީ
ރ. ސެކްރެޓަރީގެ ނާއިބް
ބ. އިންތިޒާމް ސެކްރެޓަރީ

ދާއިރާ ހިންގާކޮމެޓީތަކުގެ ހުސްވެފައިވާ މަޤާމްތައް އެނގޭނޭ ލިސްޓެއް އެމްޑީޕީގެ ސެކްރެޓޭރިއެޓުންނާއި މިޕާޓީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
03 އޮގަސްޓް 2010