“އޯގާތެރި ސަރުކާރު” އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފި

“އޯގާތެރި ސަރުކާރު” ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ (އެމްޑީޕީ)ގެ ސިޔާސަތު އިފްތިތާޙް ކޮށްދިނުމަށް ކެމްޕެެއިން ޓީމުތައް އިއްޔެ ފުރައިފިއެވެ. ރ. ދުވާފަރުގައި މިއަދު (16 އޮގަސްޓް 2013) އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މިސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާާޙް ކޮށްދެއްވާއިރު ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރުން ރާއްޖޭގެ 20 ސަރަހައްދެއްގައި ހަމަ މިއަދު މިސިޔާސަތު އިފްތިތާޙް ކޮށްދެއްވާނެެއެވެ.

މިގޮތުން ރ. އަތޮޅު ދުވާފަރުގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ށ. ފުނަދޫ، ނ. ހޮޅުދޫ، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ގުރައިދޫ، އއ. ފެރިދޫ، އދ.އޮމަދޫ ދ. މީދޫ ވ. ފެލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ދ. މީދޫ، ތ. އޮމަދޫ، ލ. ގަން، ގއ. ދާންދޫ، ގދ. ނަޑެއްލާ، ޏ. ފުވައްމުލައް އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ގައެވެ.

ރ. ދުވާފަރުގެ އިތުރުން އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންނެވެ. އެގޮތުން ހއ.ހޯރަފުށީގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދު މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމާއެކު އަނެއް 20 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ:
ހއ. ހޯރަފުށި:
ހދ.ވައިކަރަދޫގައި:
ށ.ފުނަދޫގައި:
ނ.ހޮޅުދޫގައި: ހުޅުމީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބް
ބ.އޭދަފުށީގައި: ތުޅަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ނާޒިމް ރަޝާދު
ޅ.ނައިފަރުގައި: މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހުމީ
ކ.ގުރައިދޫގައި: ބިލެއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ހަމްޒާ
އއ.ފެރިދޫގައި:
އދ.އޮމަދޫގައި: ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ރިޔާޒު
ވ.ފެލިދޫގައި: ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ރިޔާޒު
މ.ރައިމަންދޫގައި: ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ މުހައްމަދު
ފ.ދަރަނބޫދޫގައި: ތިނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ގަސަމް
ދ.މީދޫ: މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނާޒިމް
ތ.އޮމަދޫގައި: މާފަންނު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)
ލ.ގަމުގައި: ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހާމިދު އަބްދުލް ޤަފޫރު
ގއ.ދާންދޫގައި: މަނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ތާރިޤް
ގދ.ނަޑެއްލާގައި: ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ އަބްދުﷲ
ޏ.ފުވައްމުލަކުގައި: ގަައްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޒާހިރު އާދަމް
އައްޑޫ ސިޓީ ހިތަދޫގައި:
ކ.މާލޭގައި: މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ އާޒިމެވެ.

“އޯގާތެރި ސަރުކާރު” އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރާ ރަށްތަކަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ކޯޑިނޭޓަރުންނަކީ:
ހއ. ހޯރަފުށި/ ހދ. ވައިކަރަދޫ: ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު،
ށ. ފުނަދޫ / ރ. ދުވާފަރު / ލ. ގަަމަށް: މައްޗަންގޮޅި އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލްއުސްތަޛާ މާރިއާ އަޙްމަދް ދީދީ،
ނ. ހޮޅުދޫ / ބ. އޭދަފުށި / ޅ. ނައިފަރު: ރައީސް ނަޝިދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދް ނަސީމް
ކ. ގުރައިދޫ: ޕްރޮވިންސް ރައީސް އިރްފާން ޒަކީ،
އއ. ފެރިދޫ / އދ. އޮމަދޫ / ވ. ފެލިދޫ: މުޙައްމަދު ޝަފީޤް (ޝަފީގުގެ)،
މ. ރަތްމަންދޫ / ފ. ދަރަނބޫދޫ / ދ. މީދޫ: ރައީސް ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބް،
ތ. އޮމަދޫ: ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް،
ގއ. ދާންދޫ / ގދ. ނަޑައްލާ: ރައީސް ނަޝީދު ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް،
ޏ. ފުވައްމުލަކު: ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް،
އައްޑޫ ސިޓީގެ ހިތަދޫ: ދިވެހިރާއްޖޭގެ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުތްފީ އަދި
މާލެ ސިޓީ: މާލެ ސިޓީގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ)އެވެ.

“އޯގާތެރި ސަރުކާރު” އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ވަނީ ދަޢުވަތު އަރުވާފައެވެ.