މ. ފ. އަދި ދ. އަތޮޅުގައި ކެމްޕެއިން ހަރަކާތްތައް އާފޯރީގައި ކުރިއަށް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި “އެއްބުރުން” ހޮވުމަށް ތާއީދު ހޯދުމަށްޓަަަކައި މ. ފ. އަދި ދ. އަތޮޅަށް ކުރާ މި ހަފްތާގެ ދަތުރުގައި ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިޔަށް ދާކަމަށް ކެމްޕެއިން ޓީމުތަކުން މައުލޫމާތު ދެއްވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާ ކެމްޕެއިންއެކޭ އެއްފަދައިން މި ތިން އަތޮޅަށް އިއްޔެ ފެށި މި މިދަތުރުގެވެސް އަމާޒަކީ ރައީސް ނަޝީދު “އެއްބުރުން” ހޮވުމަށްޓަކައި ކެމްޕެއިން އާ ފޯރިއެއްގައި ކުރިޔަށް ގެންދިޔުމެވެ. މިގޮތުން މި ތިން އަތޮޅުން މިއަދާ ހިސާބަށް ޒިޔާރަތް ކުރެވުނު ހުރިހާ ރަށެއްގައިވެސް މިހާތަނަށް ކުރެވިފައިވާ ކެމްޕެއިން މަސައްކަތްތައް އޮޅުންފިލުވައި އަދި ކުރިއަށް އޮތް ތާނގައި މަސައްކަތް ރާވާނެ ގޮތާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ރަށް ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޕާޓީގެ މެނިފެސްޓޯގައިވާ ކަންތައްތައް ސާފުކޮށްދެއްވައި އެއްބުރުން ރައީސް ނަޝީދު އިންތިޚާބުކުރަންވީ ސަބަބު ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ. މީގެ އިތުރުން ހަރުގެ ބައްދަލުވުންތައް ބާއްވާ އެމްޑީޕިގެ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ދިނުން ކުރިޔަށް ގެންދިޔައެވެ. އަދި މިހާތަނަށް ޒިޔާރަތް ކުރެވިފައިވާ ރަށްރަށުން ކެމްޕެއިން އޭޖެންޓުންނާއި ޕެޗް އޭޖެންޓުންނާއި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ރަށްރަށުގައި “ދޮރުން- ދޮރަށް” ހިންގަވައި އެމްޑީޕިގެ ސިޔާސަތުތައް ރައްޔިތުންނާއި ހިއްސާކުރެެއްވުމާއި، އެރައްޔިތުންގެ ހާލުބެއްލެވުމާއި އަދި ކަންމަތީ ޖަލްސާތައް ބޭއްވުން ކުރިޔަށް ދިޔައެެވެ.

އިއްޔެ ފެށި މި ދަތުރުގައި ފ. އަތޮޅުގައި ހަރަކާތްތެރިވަނީ މި ތިން އަތޮޅުގެ ކޯޑިނޭޓަރ އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު މުޙައްމަދު ޝިޙާބު އަދި ތިނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ގަސަމްއެވެ. އަދި މި ބޭފުޅުން ފ. އަތޮޅުން މިއަދު ޒިޔާރަތް ކުރެއްވީ ބިލެއްދޫ އަދި މަގޫދޫ އަށެވެ. މީގެ އިތުރުން މާދަމާ ފ. އަޮޅުގެ އަނެއް 3 ރަށަށް ޒިޔާރަތް ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް ޓީމުން މައުލޫމާތު ދެއްވިއެވެ.
މި ދަތުރުގައި ދ. އަތޮޅުގައި ހަރަކާތްތެރިވަނީ މަޑަވެލި ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ނާޒިމުއާއި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަޙްމާން އަދި މީދޫ ދާއިރާގެ ރައީސް މުހައްމަދު ޖައިޝްއެވެ. މި ބޭފުޅުން ދ. އަތޮޅުން މިއަދު ޒިޔާރަތް ކުރެއްވީ މާއެނބޫދޫ، ކުޑަހުވަދޫ، ބަނޑިދޫ އަދި މީދޫ އަށެވެ. މީގެ އިތުރުން މާދަމާ ދ. އަޮޅުގެ ރިނބުދޫ، ހުޅުދެއްޔަށް ޒިޔާރަތް ކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް ޓީމުން މައުލޫމާތު ދެއްވިއެވެ.

މި ދަތުރުގައި މ. އަތޮޅުގައި ހަރަކާތްތެރިވަނީ ނ. ވެލިދޫ ދާއިރާ މިޖްލިސް މެމްބަރ ޢަލީ މުޙައްމަދު، އަދި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓް އަޙުމަދު އާދިލްއެވެ. މި ބޭފުޅުން މ. އަތޮޅުން މިއަދު ޒިޔާރަތް ކުރެއްވީ ނާލާފުށި، މުލަކު އަދި މުއްޔަށެވެ. މީގެ އިތުރުން މި އަތޮޅުގެ އިތުރު ރައްތަކަށް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަކަމަށް ޓީމުން މައުލޫމާތު ދެއްވިއެވ