ލިޔުނީ: އަޙުމަދު އަޒްހަރު
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ސެޕްޓެމްބަރ 7 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި “އެއްބުރުން” ހޮވުމަށްޓަކައި ރާއްޖޭގެ 13 އަތޮޅަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރުން “އެއްބުރުން” ކެމްޕެއިނަށް މިއަދު(15 އޯގަސްޓް 2013) ފުރާވަޑައިގަންނަވާނެއެވެ. ހާއްސަ ކެމްޕެއިން ޓީމުތަކާއެކު ކުރައްވާ މިދަތުރުފުޅުތަކުގައި ކޮންމެ މެންބަރެއްވެސް އެ މެމްބަރެއް ވަޑައިގަންނަވާ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިރީގައި މިވަނީ މެމްބަރުން ޒިޔާރަތް ކުރެއްވުމަށް ހަަމަޖެހިފައިވާ އަތޮޅުތަކެވެ.
ނ.އަތޮޅަށް- ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
ބ.އަތޮޅަށް- ތުޅަދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު
ޅ.އަތޮޅަށް- މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ
ކ.އަތޮޅަށް- ބިލެއްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާ
އދ.އަތޮޅަށާއި ވ.އަތޮޅަށް- ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒު
މ.އަތޮޅަށް- ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު
ފ.އަތޮޅަށް- ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް
ދ.އަތޮޅަށް- މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ތ.އަތޮޅަށް- މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)
ލ.އަތޮޅަށް- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޤަފޫރުއެވެ.
މިދަރުތުރުފުޅުތަކުގައި މެންބަރުން ދޮރުން-ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އަހުވާލާއި ރަށަށް ބޭނުންވާ ކަންތައްތައް ބައްލަވައި އޮޅުންފިލުވާނެއެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުހައްމަދު ނަޝީދަށް ވޯޓު ލައި އެއްބުރުން އިންތިޚާބު ކުރަންވީ ސަބަބުތައްވެސް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވާނެއެވެ. ހަމައެހެންމެ ހާއްސަ ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތައް ބާއްވައި އެމް.ޑީ.ޕީގެ ސިޔާސަތުތަކާއި ވައުދުތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށްވެސް ވަނީ ރޭވިފައެވެ. މީގެ އިތުރުން އެމް.ޑީ.ޕީގެ 3 އަހަރުގެ ވެރިކަމުގައި ރަށްރަށުގެ ތަރައްޤީއަށް ފައްޓަވައިފައިވާ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަވައި ބަޣާވާތުން ވެރިކަން ވައްޓާލުމުން ގައުގެ ތަރައްޤީޔަށް އެޅިގެން ދިޔަ ގިނަގުނަ ހުރަސްތަކާއި ގައުމަށް ވެގެން ދިޔަ ބޮޑެތި ގެއްލުންތައް މިދަތުރުފުޅުތަކުގައި މެންބަރުން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވާނެއެވެ.