އަލްޙާން ފަޙުމީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކަމަށް ބުނެ އެމަނިކުފާނުންނަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި

އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕްގެ ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްއުސްތާޛް އަލްޙާން ފަޙުމީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުގީގަށް ކަމަށް ބުނެ އެމަނިކުފާނުންނަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިއަދު ކެމްޕެއިން ދަތުރެއްގައި ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް ފުލުހުން އަލްޙާނަށް ޗިޓު ފޮނުވުމުން އަލްހާނު ވިދާޅުވީ އެމްޑީޕީގެ މި ކެމްޕެއިން ބާރަށް ހިނގާ ހިނގާ އޮއްވާ މިފަދަ އެންގުންތައް އަންގާ އެބޭފުޅާ ހިފެހެއްޓުން އެއީ ސިޔާސީ މަގުސަދައްޓަކައި ކުރިކަމެއްކަމަށާއި އަދި މި ފަދަ އަމަލު ތަކަކީ މި ޕާޓީގެ ކެމްޕެއިން ގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކުރާ ކަމެއްކަމަށާއި، މިރާއްޖޭގެ ވެރިކަން ބަދަލުކޮށްލާފައިވަނީ މިހާރު ފުލުހުންގެ ކޮމިޝަަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒު އިސްވެހުންނަވައިގެން ހިންގެވި ބަޣާވާތަކުންކަމާއި އެމްޑީޕީގެ ކެމްޕެއިން މި ދާ ސްޕީޑް އެއީ ހަޖަމު ނުކުރެވޭ ކަމަކަށް ވުމުން މި ޕާޓީ ގެ މެމްބަރުންނާއި ކެމްޕެއިންގެ އިސް ހަރަކާތް ތެރިންނަށް ބިރު ދައްކާ ކެމްޕެއިން އަށް ހުރަސް އެޅުމުގެ މަގްސަދުގައި ކުރާ ކަމެއްކަމުގައެވެ. އަދި އެމްޑީޕިއަށް ތާޢީދުކުރާ ފަރާތްތައް އިތުރުވެ ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިޔަށް ދާތީ އެކަމާ މާޔޫސްވެ ގޮތްހުސްވެގެން ހަސަދައާއި ހަތުރުވެރިކަމުގެ ދުއްތުރާ ކުރުންނޫން ގޮތެއް ނެތުމުން ހިންގާ އަމަލުތައްކަންވެސް ފާހަގަ ކުރެވެއެވެ.

މިހާރުގެ ބާޣީ ވެރިކަން ދެމެހެއްޓެވުމަށްޓަކާ ލާއިންސާނީ އަދި އަގަލުކުޑަ އަނިޔާކުރެއްވުމުގެ ޢަމަލުތައް އެތައް ރައްޔިތުންނަކާ ދެކޮޅަށް ހިންގަވަމުން، ފުލުސް އޮފީހަށް ގެންދިއުން އެއީ އިންޒާރުތައްކަމުގައި ހައްދަވައިގެން، އެމްޑީޕީއަށް އިތުރުވަމުންމިދާ ތާއީދާއި އެކު ރިޔާސީ އިންތިޚާބު އިރާދަފުޅާއެކު އެމްޑީޕީ އެއްބުރުން ކާމިޔާބުކުރާތަން އެބޭފުޅުންނަށް ފެންނާތީ ކުރައްވާ ކަންތައްތައް ކަމުގައިވެސް އަލްހާނު ވިދާޅުވިއެވެ.