އެއްބުރުން އިންތިހާބް ކާމިޔާބު ކުރުމަށް ހިމަންދޫ ޒުވާނުން އިސްނަގައިގެން އއ.މަތިވެރި ދާއިރާގައި ގިނަ މަސައްކަތްތަކެއް ފަށައިފި

7 ސެޕްޓެމްބަރ 2013 ވަނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބް އެއްބުރުން ކާމިޔާބު ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތް ތަކުގެ ދަށުން، އއ.ހިމެންދޫ އެމް.ޑީ.ޕީގެ މެމްބަރުންނާއި ޕާޓީގެ ސަޕޯޓަރުން އިސްނަގައިގެން އއ.މަތިވެރި ދާއިރާގެ ރަށްތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދެއެވެ.

މިގޮތުން މިިރަށްތަކުގައި: ހިމަންދޫ، މާޅޮސް، މަތިވެރި، ފޮޅުދޫ އަދި ފެރިދޫގައި މިމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު، ގެއިން ގެޔަށް ހިނގައި ރައްޔިތުންގެ ހާލު އަހުވާލު ބެލުމާއި އަދި އެމްޑީޕީއިން ކަނޑައަޅައިފައިވާ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މި ޕާޓީގެ މެނިފެސްޓޯޔާމެދެ ރައްޔިތުންގެ ތޭރޭގައި ހޭލުންތެރިކަން އިތުރުކޮށް ފޮޅުދޫގައި މިރޭ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.