ސުލްހައިގެ ވާހަކަތަކަށް ތަންދިނުމަށް މިއަދުގެ މަޖިލިސް ޖަލްސާ ހުއްޓާލައިފި

1 އޮގަސްޓް 2010

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ސުލްހައިގެ ވާހަކަތަކަށް ތަންދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، ރިޔާސަތުން މިއަދުގެ ޖަލްސާ ހުއްޓާލައިފިއެވެ. މި ޖަލްސާ މެދުކަނޑާލުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ވެސް ވިދާޅުވީ މިއަދުގެ ޖަލްސާ ހުއްޓާލީ ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ތަންދިނުމަށް ކަމަށެވެ. އަދި އިއްޔެ ހަވީރު ބާއްވަން ހަމަޖެއްސި ސުލްހައިގެ ވާހަކަތައް ނުބޭއްވުނީ ގަޑި އޮޅިގެން ކަމަށެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ނުގެންދެވި ނަމަވެސް މަޖިލީހުގެ ތިން ކޮމިޓީއެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސަވާފައެވެ
އެއީޤާނޫނުއަސާސީ އާއި ޚިލާފު ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައިތަކާއި ގުޅޭ ގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީ، އާއި ގަވާއިދު ކޮމިޓީ. ޢާއި އަދި މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމިޓީ. ގެ ބައްދަލުވުންތަކެވެ.

މި ކޮމިޓީތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައްދަލު ކުރެއްވުމުގެ ވަޞީލަތްތައް މަޖިލީހުގައި ހަމަޖައްސަވައި ދެއްވާނެ ކަމަށާއި. އަދި މިކަމާއި ބެހޭ ގޮތުން އެބޭފުޅުން ބޭނުންފުޅުވެއްޖެ ކޮންމެ ހާލަތެއްގައި އެމަނިކުފާނަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވަމުން ގެންދާނެ ކަމަށްވެސް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.