އަޅުގަނޑުމެންގެ މެނިފެސްޓޯޔާއި ޕާޓީއާއި އިދިކޮޅަށް ވާހަކަ ދައްކަވާ ހުރިހާ ބޭފުޅުންވެސް އެދައްކަވަނީ ރާއްޖޭގެ ރައްޔިތުންގެ އިހްސާސްތަކާއި އިދިކޮޅަށް- މަޖީލީހުގެ ރައީސް

އަޅުގަނޑުމެންގެ މެނިފެސްޓޯޔާއި ޕާޓީއާއި އިދިކޮޅަށް ވާހަކަ ދައްކަވާ ހުރިހާ ބޭފުޅުންވެސް އެދައްކަވަނީ ރާއްޖޭގެ ރައްޔިތުންގެ އިހްސާސްތަކާއި އިދިކޮޅަށްކަމަށްް މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާވަށުގައި 11 ވަނަ ދުވަހު ޖަގަހަ ހޮޅުވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ހުރިހާ ސިޔާސަތުތަކެއްވެސް ހަދައިފައިވަނީ ރައްޔިތުން ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ ބަލައިފައި ކަމަށެވެ. ހަމައެހެނެމް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓްް ރައީސް މުހައްމަދު ނަޝީދުވަނީ ހުރިހާ ގެޔަކަށް ހިންގަވާފަކަމަށާއި މި ޕާޓީގެ މެނިފެސްޓޯ ބިނާވެގެންވަނީ ރައްޔިތުނަގެ އިހްސާސްތަކުގެ މައްޗަކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

ހަމަ އެދުވަހު، މާބައިދޫ އުއްމީދީ ޖަގަަހަ ރަސްމިއްޔާތުގަިވެސް އެމަނިކުފާނު ވަނީ ޕާޓިގެ ގިނަ ސިޔާސަތުތަކަކަށް އަލި އަޅުއްވައިލައްވަމުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެގްރިކަލްޗާގެ ވިޔަފާރި މިހާތަނަށްވެސް ކުރިއަރާފައި ނެތީ ހައްދާ އެތިކޮޅު ވިއްކޭނެ ގޮތް ނެތީމަކަމަށާއި އެހެނަސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއްގައި ކޮންމެ އެއްޗެއް ހެއްދި ކަމުގައިވިޔަސް، ހައްދާ ހުރިހާ އެއްޗެއްވެސް ގަންނާނެކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ ގޮތްތަކަށް މަގު ފަހި ކޮށް ބިމުގެ ބޭނުންވެސް ހިފޭނެ ފަދަ ގޮތްތައް މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ އެމަނިކުފާން އަރުވާފައެވެ.

ގެސްޓް ހައުސްގެ ސިޔާސަތައް އަލިއަޅުވާލަމުން އެމަނިކުފާން ވިދާޅުވިގޮތުގައި، ފަތުރުވެރިކަމުގެ ސިނާޔަތުގެ ފުރިހަމަ ފައިދާ ރައްޔިތުން ފޯރުކޮށްދިނުމަށް މީހުން އުޅޭ ރަށްރަށުގައި 25000 ގެސްޓް އެނދު ތަރައްޤީ ކުރުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި އެކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެކަމަށް ލޯނު ދޫކުރާނެކަންވެސް ވަނީ ހާމަކޮށްދެއްވާފައެވެ. އަދި މިގޮތައް ރަށްތައް ތަރައްޤީކުރުމުން އެހެނިހެން ވިޔަފާރިތަކަށްވެސް ދޮރު ހޮޅުވި ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޖޭގެ މުއްސަނދިކަން އެންމެ ބޮޑަށް އޮތީ ފަޅާއި ފަރުތަކުގައި ކަމަށް ވިދާޅުވަމުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއްގައި ރައްޔިތުންނަށް ފައިދާ ވާނޭހެން ފަރުގެ ދިރުންތައް އާލާކޮށް އޭގެ ވިޔާފަރިކުރާނެ ކަމުގެ ޔަގީންކަން، ރައްޔިތުންނަށް އެމަނިކުފާނު ވަނީ އަރުވާފައެވެ. ހަމައެހެންމެ މިހާތަނަށް އެންމެ ބޮޑަށް ރާއްޖޭގައި އޮތް ސިޔާސަތަކީ އަޅުވެތިކުރުން ކަމަށާއި ބަލިވެ ނިކަމެތިވާ ހިނދު ކުރިން އަބަދުވެސް ދާންޖެހެނީ މުއްސަނޖެއް ކައިރިޔަށްކަން ފާހަގަކުރައްވަމުން އެމަނިކުފާން ވިދާޅުވިގޮތުގައި އާސަންދަ ތައާރަފު ކުރީ އެ ސަގާފަތައް ނިމުމަށް ގެނައުމަށެވެ. އާސަންދަ މިހާރު ބާސަންދަޔަކަށް ވެފައިވީނަމަވެސް، ދެން އަންނަ އެމް.ޑީ.ޕީ ސަރުކާރެއްގައި އައި.ޑީ ކާޑު ދައްކާލުމުން ސިއްހީ ދާއިރާއިން ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ނިޒާމެއް ޤާއިމްކުރެވެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޒުވާނުންނަށް ތައުލީމުގެ ފުރުސަތުތައް މިހާރަށް ވުރެ ބޮޑަށް ދެވޭނީ ވިސްނުން ހުޅުވައިލައިގެން ކަމަށް ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އެމް.ޑީ.ޕީ ސަރުކާރެއްގައި އެރަށަކަށް ބޭނުންވާ ތައުލީމީ ފުރުސަތުތައް ދެނެގަންނާނީ އެރަށެއްގެ ކައުންސިލުންނާއި ރައްޔިތުން ކަމަށް ވަނީ ހާމަކޮށްދެއްވާފައެވެ. ހަމައެހެންމެ މިގޮތަށް ކަންތައްތައް ކުރުމަށްޓަކައި ކައުންސިލް ބާރުވެރިކޮށް އާމްދަނީ ލިބޭނެ ގޮތްތައް ތައާރަފްކޮށްގެން ކަމަށް ފާހަގަކުރައްވަމުން ހާމަކުރެއްވިގޮތުގައި ކޮންމެ ކައުންސލަކަށްވެސް ފަޅު ރަށެއް ދެވޭނެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނިކުމެ މިތިބީ ދެކޮޅުވެރިކޮށް ވާހަކަ ދެއްކުމަށް ނޫންކަމަށާއި އެެހެނަސް މެނިފެސްޓޯއެއް ހިފައިގެން ކަމަށް އެމަނިކުފާން ވިދާޅިވިއެވެ. އަދި ރައްޔިތުންނަށް މެނިފެސްޓޯ ވިސްނައިދީގެން އެއްބުރުން މިއިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުންނަށްވެސް އަރުވާފައެވެ.