ވޯޓު ފޮށީގެ އޮބްޒަރވަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމް އެމްޑީޕީއިން ބާއްވައިފި

2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ހިނގަމުން ދާއިރު ވޯޓު ފޮށި ކައިރީގައި ތިބުމަށް އެމްޑީޕީއިން ކަނޑަ އަޅާފައިވާ އޮބްޒާރވަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމް ރޭ (11 އޯގަސްޓް 2013)މަންދު ކޮލެޖްގައި ވަނީ ބާއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ހިނގަމުން ދާއިރު ވޯޓު ފޮށި ކައިރީގައި ތިބުމަށް އެމްޑީޕީއިން ކަނޑަ އަޅާފައިވާ އޮބްޒާރވަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ރޭ ބޭއްވީ 3 ވަނަ ސެޝަންއެވެ. 200 އާ ގާތްކުރާ އަދަދަށް މީހުން ބައިވެރިވި މި ސެޝަންގައި މޮނީޓަރުންނާއި، އޮބްޒަރވަރުންނާއި، ކެންޑިޑޭޓުގެ މަންދޫބުންވަނީ ބައިވެރިވެފައެވެ. އަދި މި ބައިވެރިންނަކީ މާލޭގައި ބަހައްޓާ އަތޮޅުތަކުގެ ވޯޓު ފޮށީގެ ކައިރީގައި ތިއްބަވާނެ ބޭބޭފުޅުންނެވެ.

މީގެ އިތުރު ޕްރޮގްރާމްތައް ބާއްވާގޮތަށް ވަނީ ރޭވިފައިކަމަށް ޕާޓީގެ ކެމްޕެއިން އޮފީހުން މައުލޫމާތު ދިނެވެ.