އަޅުގަނޑުމެންގެ ސަރުކާރެއްގެ ވެރިކަމުގައި އޭގެ މަައްޗަށް ސާބިތުވެ ތިބޭނެ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމްދީނުގެ މަތިވެރި ބިންގާ – މަޖީލީހުގެ ރައީސް އަބްދުﷲ ޝާޙިދު

އަޅުގަނޑުމެންގެ ސަރުކާރެއްގެ ވެރިކަމުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ، އަޅުގަނޑުމެން އޭގެ މައްޗަށް ސާބިތުވެ ތިބޭނެ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމްދީނުގެ މަތިވެރި ބިންގާކަމަށް މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫމޕުގެ މެމްބަރު އަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ.
ފުނަދޫގައި 10 އޮަގަސްޓް ވަނަ ރޭ، ކުލަ ޔެލޯ ޖަގަހަ ހޮޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ހުރިހާ ސިޔާސަތުތަކެއްވެސް ބީނާވެގެންވާނެ އެންމެ އަސާސީ ބިނާޔަކީ އިސްލާމް ދީނެވެ. އަދި އިސްލާމް ދީނަށް އެންމެ އިސްކަން ދޭނެ ޕާޓީ އަކީވެސް އެމް.ޑީ.ޕީ ކަން ވަނީ ފާހަގަ ކުރައްވައިފައެވެ.

ހަމަ އެރޭ، ފުނަދޫ ކުރިގަމް، އަޒުމް ޖަގަހަ ހޮޅުވުމުގެ ރަސްމިއްޔާތުގަިވެސް އެމަނިކުފާނު ވަނީ ޕާޓިގެ ގިނަ ސިޔާސަތުތަކަކަށް އަލި އަޅުއްވައިލައްވަމުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާން ވިދާޅުވިގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން ގެނައި ހަދިޔާ އަކީ ފައިސާ ދަބަހެއް ނޫން ކަމަށާއި އެހެނަސް އެ ދަބަހުގައި ވަނީ ރައްޔިތުންގެ ޖީބަށް ޑޮލަރުން އާމްދާނީ ވަންނާނެ ފަދަ ސިޔާސަތު ތަކެއް ކަަމަށެވެ. އެގޮތުން ރަށުގެ ހުރިހާ ދިމާލެއްގައި ގެސްޓް ކޮޓަރިތައް ގާއިމްކުރެވުމުން ވަޒީފާ ނެތް ކުދީންނަށް ވަޒީފާ ލިބޭނޭ އެތަކެއް މަގުތަކެއް ހޮޅުވި ރަށް ތިޔާވިގެންދާނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، އެ ކޮޓަރިތައް ތަރައްގީ ކުރާނީ ސަރުކާރުން އެކަމަށް ދޫކުރާ ލޯނު ތަކުގެ އެހީގައި ކަމަށްވެސް ވަނީ ހާމަކުރައްވައިފައެވެ. އަދި މި ސިޔާސަަތަކީ ޓުއަރިޒަމް އިންޑަސްޓްރީގެ ފައިދާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދޭ، އެ އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވާނެ ފަދަ ސިޔާސަތެއްކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ލ.އަތޮޅަކީ ބިން ބޮޑު، ފަޅު ބޮޑު އަތޮޅެއްކަން ފާހަަކަކުރައްވަމުން އެމަނިކުފާން ވިދާޅުވި ގޮތުގައި އެމް.ޑީ.ޕީ އިން ހުށައަޅަނީ މިބިމުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތްތަކެވެ. އެގޮތުން އެގްރިވިޔަފާރީގެ ސިޔާސަތުގެ ދަށުން، ދަނޑުވެރިކަން ކުރުމަށް ދަސްކޮށްދީ ހައްދާ ކޮންމެ އެއްޗެއް ގަނެ ވަގުދުން ފައިސާ ދޭނެކަމުގެ ޔާގީންކަން ވަނީ އަރުވާފައެވެ. އަދި އެ އެއްޗެހި ގަނެގެން އެހެން އަތޮޅުތަކަށް ވިއްކައިގެން ނޫނީ އެގްރިކަލްޗާގެ ވިޔަފާރި ނުހިންގޭނެ ކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ.

ފަރުތަކުގެ ދިރުންތަކަށް އިޝާރާތް ކުރައްވަމުން، އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ދިރުންތައް ހުސްވާކަމަށް ބުންޏަސް، އެ ހުސް އެވަނީ އެހެން ބުނާ މީހާގެ ސިކުނޑީގައި ކަމަށާއި، ޓެކްނޮލީޖީގެ އެހީގައި އެ ދިރުންތައް އާލާކޮށް އެކަމަކީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ކުރެވިދާނެ ފަދަ ކަމެކެވެ. ހަމައެހެންމެ އެމް.ޑީ.ޕީގެ ސަރުކާރުގައި އާސަންދަ ތައާރަފް ކުރި ކަމަށާއި، އާސަންދަ ވަނީ މިހާރު ބާސަންދަޔަކަށް ވެފައި ކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެނަސް، ދެން އަންނަ އެމް.ޑީ.ޕީ ސަރުކާރެއްގައި ބަލި މީހާ ޑޮކްޓަރަށް ދެއްކުމަށް ފަހު ނިކުންނާނީ ސިޓީއާއެކު ބޭސްވެސް ހިފައިގެން ކަމުގެ ޔަގީންކަން އެމަނިކުފާން ވަނީ ދެއްވަވާފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ހައްތަހާވެސް ކުރެވިދާނެ ކަންތައްތައްކަމަށާއި މި ޕާޓީއަކީ މިކަންކަން ކުރުމުގެ ޤާބިލްކަން ހުރި އެކަމުގައި ދެމިތިބޭނެ ޕާޓީއެކެވެ.