ކ. އަތޮޅުގެ ބައެއް ރަށްރަށަށް “އެއްބުރުން” ކެމްޕެއިންގެ މި ހަފްތާގެ ދަތުރުތައް ފެށިއްޖެ

7 ސެޕްޓެމްބަރ 2013ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށްޓަކައި އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިންގެ ދަށުން ކ. އަތޮޅުގެ ބައެއް ރަށްރަށަށް “އެއްބުރުން” ކެމްޕެއިންގެ މި ހަފްތާގެ ދަތުރުތައް މިއަދު (11 އޯގަސްޓް 2013) ހެނދުނު ވަނީ ފެށިފައެވެ.

މިއަދު ހެނދުނު ކ. އަތޮޅުގެ ގުޅި، މާފުށި އަދި ގުރައިދޫ އަށް ފެށި މި ދަތުރުގައި މައިގަނޑު ކެމްޕެއިން މަސައްކަތުގެ ގޮތުގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ ދޮރުން-ދޮރަށް ހިންގުން ކަމުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް އިރްފާން ޒަކީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ސިޔާސަތުތައް އާއްމުނަށް އޮޅުން ފިލުވައި ދިނުމަށާއި “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތައް އިތުރަށް ރާވާ ހިންގާނެ ގޮތްތަކުގެ މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވާގޮތަށް ހަނމަޖެހިފައިވާކަމަށް އިރުފާނު ވިދާޅުވިއެވެ.

ކ. އަތޮޅުގެ މި ދަތުރުގައި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙާމިދު އަބްދުލް ޤަފޫރާއި، ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަލްއުސްތާޛް އަޙުމަދު ޙަމްޒާއާއި، ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރ އިސްމާއިލް އަބްދުލް ޙަމީދު އަދި މެދު އުތުރު ޕްރޮވިންސް ރައީސް އިރްފާނު ޒަކީއާއި އަދި އެމްޑީޕީގެ އަންހެނުންގެ ރޫޙުގް ރައީސާ ޝިޔާމާ އަޙުމަދުއެވެ.