ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި މިޕާޓިގެ މެމްބަރުން ގޭގެއަށް ޒިޔާރަތް ކުރުމުން ކިޔުއްވާ މަރުޙަބާއާއި، ބަހައްޓާވާ މެހެމާންދާރީ އަށް ޝުކުރު ދަންނަވަން.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ރިޔާސީ އިންތިޚާބުގައި “އެއްބުރުން” ހޮވުމަށް މި ޕާޓީއިން ކުރަމުންދާ ކެމްޕެއިންގެ އެކި މަސައްކަތަތަކުގައި މިޕާޓީގެ ޓީމުތަކުންނާއި މެމްބަރުން ގޭގެއަށް ޒިޔާރަތް ކުރައްވާ ކުރެއްވުމުގައި އެފަރާތްތަކަށް ކިޔުއްވާ މަރުޙަބާއާއި، ބަހައްޓާވާ މެހެމާންދާރީ އަށް މިޕާޓީގެ މެމްބަރުންނާއި ތާއީދުކުރައްވާ އެންމެހާ ފަރާތްތަކުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

މި ދުވަސްވަރަކީ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ އެހެންޕާޓީތަކުންވެސް ކެމްޕޭނުގެ މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް އެކިވަރަށް ކުރަމުން ގެންދާ ދުވަސްވަރަކަށް ވެފައި، ބައެއްފަހަރު މަދުންނަމަވެސް، ވާދަވެރި ބައެއް ފަރާތްތަކުން މިޕާޓީގެ ނަމުގައި ބައެއްކަހަލަ ކަންކަން މެދުވެރިކުރުވަމުންގެންދާ ކަން މިޕާޓީއަށް އެނގިފައިވެއެވެ. އެހެންކަމުން، މިޕާޓީގެ ނަމުގައި، ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރައްވާ ފަރާތްތަކާ ދޭތެރޭ ޝައްކު އުފެދޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ ވަގުތުން މިޕާޓީގެ 3340044 ނަމްބަރާއި ގުޅުއްވައި އަންގަވައިދެއްވުމަށް ދެންނެވީމެވެ.