މާލޭގައި ހުންނަ ހުވަދޫ އަތޮޅު ޖަގަހައިގައި ވޯޓަރސް ރެޖިސްޓްރޭޝަން ގެ ކަންަތައްތައް ހަލުވި ބާރުމިނެއްގައި ހިނގަމުންދޭ- ޑރ. އައިމިނަތު ޖަމީލު

މާލޭގައި ހުންނަ ހުވަދޫ އަތޮޅު ޖަގަހައިގައި ވޯޓަރސް ރެޖިސްޓްރޭޝަން ގެ ކަންތައްތައް ހަލުވި ބާރުމިނެއްގައި ހިނގަމުންދާކަމަށް އެމްޑީޕީ ސަރުކާރުގެ ހެލްތް މިނިސްޓަރ އަދި އެމްޑީޕީއިން ހުވަދު އަތޮޅަށް ކަނޑަ އަޅާފައިވާ ކެމްޕެއިން ކޯޑިނޭޓަރ ޑރ. އައިމިނަތު ޖަމީލު ވިދާޅުވިއެވެ.

މި މޭރުމުން މައުލޫމާތު ދެއްވަމުން ޑރ. އައިމިނަތު ޖަމީލު ވިދާޅުވީ، ގައްދޫ އަދި ތިނަދޫ ދާއިރާގެ ރައްޔިތުން މިއަދު ވަނީ ގޭގެ އަށް ޒިޔާރަތް ކޮށްގެން ވެސް ވޯޓަރސް ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. އަދި ވަކިން ހާއްސަކޮށް އެކިެއކި ސަބަބު ތަކާ ހުރެ ރެޖިސްޓަރ ކުރަން ނާދެވޭ ފަރާތްތަށް ގާތަށް ގޮސްގެން މިމަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. ހަމަ މިބީދާއިން ވަކިފަރާތަކަށް ނުޖެހޭ ބޭބޭފުޅުންގެ ރެޖިސްޓްރޭޝަންގެ ކަންކަން ވެސް މި ޖަގަހައިން ކުރަމުން އެބަ ގެންދެއެވެ. މީގެ އިތުރުން ވަރަށް ގިނަ ބޭފުޅުން ވަޑައިގެން ވެސް ރެޖިސްޓަރ ކުރަށްވަމުން ގެންދަވާކަމަށާއި، މިޖަގަހައިން ރޭވިިގެން ރެޖިސްޓްރޭޝަންގެ ކަންކަން މާދަމާ މާލޭގައި ޕިކަޕް ދަތުރު އަޅައިގެންވެސް ކުރިއަށް ގެންދެވޭނެކަމަށޭވެ.

ދާދި ފަހުން މާލޭގައި އުޅޭ ހުވަދޫ އަތޮޅު ޒުވާނުން ރާވާ އިންތިޒާމްކޮށްގެން ހިންގި ފަންޑް ރެއިސިން ޑިނަރ އަކުން ލިބިފައިވާ ފައިސާ އެ އަތޮޅުގެ އެމް.ޑީ.ޕީ ޖަގަހަތަށް ވައިފައި ކުރުމަށް ހޭދަ ކުރެވޭނެކަމަށް ވެސް ޑރ. އައިމނަތު ޖަމީލު ވިދާޅުވިއެވެ. މީގެ ސަބަބުން އެއަތޮޅުގައި އުޅޭ ޒުވާން ބޭފުޅުންނަށް ހަބަރު ހޯދުމަށް ފަސޭހަ ތަކެށް ވެގެން ދާނެކަމަށް އުއްމީދުކުރެވެއެވެ.

ހުވަދޫ އަތޮޅުގެ ރަށްރަށުގައި ފޯރި އާއިއެކު ކަންމަތީ ބައްދަލުވުންތަށް ހިނގަމުން ދާކަމަށް ޑރ. އައިމިނަތު ޖަމީލު ވިދާޅުވަމުން، ރަށްތަކުތެރޭގައި އިންތިހާބުގެ ރޫހު އޮތީ އެމް.ޑީ.ޕީ އާއެކީ ކަމަށް އެކަމަނާ އިޝާރާތްކުރެއްވިއެވެ.