ބަޣާވާތުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ތަރައްގީ ހުއްޓިގެންދިޔަ: އީވާ އަބްްދުﷲ

7 ފެބްރުއަރީ 2012 ގައި ގެނެވުނު ބަޣާވާތާއެކު ދިވެހި ގައުމަށް އަންނަން ޖެހޭ ތަރައްޤީ ހުއްޓިގެންދިޔަ ކަމުގައި ގަލޮޅުއުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. “ނެތޭވެވާކަށް ބާޣީއަކަށް” ގަލޮޅުއުތުރު ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ އަބްދުﷲ ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވައިފައިވާ ގޮތާއި ބެހޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅުދައްކަވައިފައެވެ.

މިގޮތުން ސަރުކާރު ވައްޓާލިއިރު 2500 ފްލެޓް އެޅުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަަން ފާހަގަ ކުރައްވަމުން އީވާ ވިދާޅުވީ 2012 ވަނަ އަހަރު ވާންވާއިރު އޮންނާނީ އޭގެ ތެރެއިން 1000 ފްލެޓް އަޅައިފައިކަމަށެވެ. އަދި މިއަދުވެސް ހަވާލުކުރަމުން އެދަނީ އެ 1000 ފްލެޓްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ބާކީ އޮތް 1500 ފްލެޓްއަށް ވީ ކިހިނެއްތޯ ވަހީދު ކުރެން ސުވާލުކުރެއްވުމަށް އީވާ އެދިލެއްވިއެވެ. ރައްޔިތުންގެ ނަމުގައި ކޮންފައި އޮތް އެކޮންޓްރެކްޓްތަކަށް ވެފައިވަނީ ކިހިނެއްކަން އެނގެންޖެހޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި 43 މިސްކިތް އެޅިގެނު ނަމަވެސް މިއަދު ސަރުކާރަށް އެކަންތައް ކުރިއަށް ނުގެންދެވޭ ކަން އީވާ ފާހަގަކުރެއްވިއެވެ. މިގޮތުން ފަންޑް ފޮށި ބަހައްޓައްގެން މިސްކިތްތައް މަރާމާތު ކުރަން ރައްޔިތުންގެ އަތުން ފައިސާ ނެގި ނަމަވެސް އެފައިސާތަކަށް ވީ ކިހިނެއްކަމެއް ނޭނގޭ ކަމަށާއި އޭގެން މިސްކިތްތައް އަޅައި މަރާމާތުކުރިތަން ފެނިގެން ނުދާ ކަމުގައި އީވާ ވިދާޅުވިއެވެ. ސިއްހީ ހާލަތައް އަލިއަޅުވައިލައްވަމުން އީވާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ސިއްހީ ކަންތައްތައް ހަމަޖައްސަމުން ގެންގޮސްފައިވަނީ ސަރުކާރުގެ ބަޖެޓްގެ ތެރެއިން ކަމަށާއި، ބާޣީ ސަރުކާރަށް އެކަންތައް ހަމަނުޖެއްސިގެން އެންމެ ފަހުން އެކަމަށްވެސް ފަންޑު ފޮއްޓެއް ހަދާ ރައްޔިތުން އަތުން ލާރި ނެގީކަމަށެވެ.

2008 އަށްވަނަ އަހަރު ދައުލަތުގެ ދަރަނިވެރިކަން ހުރީ %29ގައި ކަމަށާއި 2011ވަނަ އަހަރު ނިމުނުއިރު އެއަދަދު %9.9 އަކަށް ތިރިކޮށްފައިވާނޭކަން އީވާ ފާހަގަކުރައްވައިފައިވެއެވެ. އެހެންނަމަވެސް ބަޤާވާތަށް ފަހުން އަނެއްކާ އެއަދަދު މައްޗަށް ޖެހި %16 އަށް އަރާފައިކަމަށް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަސް އައިރު ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ބަޣާވާތުގެ ހިތިކަން ކަމަށާއި އެކަމުން ފައިދާ ވީ ހަމައެކަނި އެކަމުގެ އަޑީގައި ތިބި ދެތިންމީހުނަށް ކަމުގައިވެސް އީވާ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ބަޣާވާތާއެކު ހުއްޓިފައިވާ މަޝްރޫއުތައް ހާޒިރުވެ ވަޑައިންތިއްބެވި ބޭފުޅުންނަށް ވިދާޅުވެދެއްވައިފައިވެއެވެ.

ކުރިއަށް އޮތް އިންތިހާބަކީ 7 ފެބްރުއަރީގައި ގެއްލުނު ހުރިހާ ކަމެއް އަލުން އިއާދަކުރަން ނިކުންނަންވީ ދުވަސް ކަމަށާއި ގެއްލިގެން ދިޔަ ހައްގު އަލުން ހޯދަން ޖެހޭނެ ކަމުގައި އީވާ ވިދާޅުވިއެވެ. 7 ސެޕްޓެމްބަރގައި އެމްޑީޕީ ބަލިކުރަން ބާޣީންނަށް ކުރަން އެނގޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެހެންނަމަވެސް ކެތްތެރިކަމާއެކު މެންދުރުވުމުގެ ކުރީން އަވަހަށް ވޯޓުލައި ނިންމުމަށް އީވާ އިލްތިމާސްކުރެއްވިއެވެ.
މިކަންމަތީ ބައްދަލުވުމުގައި ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވެސް ވަނީ ވާހަަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަނިޔާވެރިކަމާއި ދެކޮޅު ހަދަން އެމްޑީޕީއަށް ވޯޓް ދޭންޖެހޭކަމުގައި ވިދާޅުވިއެވެ.