ރައިސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ “އެއްބުރުން ޓިވެންޑްރަމް” ބައްދަލުވުން ވަރަށް ކާމިޔާބު – ރަސްތަ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި “އެއްބުރުން ޓްރިވެންޑްރަމް” ކެމްޕެއިން ހަރަކާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިއްޖެކަމަށް ޓްވެންޑްރަމްގެ އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ކޯޑިނޭޓަރ މުޙައްމަދު ރަޝީދު (ރަސްތަ) ވިދާޅުވެއްޖެއެވެ.

ރޭ (31 ޖުލައި 2013) އިރާކޮޅު ޓްރިވެންޑްރަމްގެ ޕާކް ރަޖަދާނީ އުލޫރްގައި ބޭއްވި މި ޚާއްސަ ކެމްޕެއިން ހަރަކާތުގައި ޓްރިވެންޑްރަމްގަ ދިރިއުޅޭ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ 300އަށްވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ ބައިވެރިންނާއި މުޙާތަބުކުރައްވާ ރައިސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙުމަދު ނަޝީމު އަދި މުޙައްމަދު ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ.