އިޢުލާނު:

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ޝްރީލަންކާގައި ވޯޓް ލުމަށް ރެޖިސްޓްރީ ކޮށްދީފައިވާ ބައެއް މީހުންގެ ގޭގެއަށް ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ކަމަށްބުނެ ބަޔަކު ވަންނަމުން ދާކަންވަނީ މި ޕާޓީއަށް އެނގިފައެވެ. އެބަޔަކު ބުނެފައިވަނީ އެ ގެއެއްގެ މީހުންގެ ރެޖިސްޓްރޭޝަން ސްލިޕްކޮޅު ލިބިފައި ނުވާތީ އަލުން ރެޖިސްޓަރ ކޮށްދޭން އައިކަމަށެވެ.

މިޕާޓީން ޤަބޫލް ކުރާގޮތުގައި މިއީ އެމްޑީޕީ އަށް ތާއީދު ކުރާ މީހުން ވޯޓްލުމަށް ހުރަސް އަޅަން ކުރާކަމެއް ކަމަށްވާތީ މިކަމަށް ސަމާލުވެ ދެވަނަފަހަރަށް ވޯޓް ރެޖިސްޓްރީ ނުކުރުމަށް ދަންނަވަމެވެ. އަދި ޝައްކެއްވާނަމަ، 0094777442714 އަޙުމަދު ރަމްޒީއާ ގުޅުއްވުން އެދެމެވެ.