އެމްޑީޕީގެ ފޮރިން ޕޮލިސީ ލޯންޗް ކުރުމުގެ ހާއްސަ ރަސްމިއްޔާތު މިއަދު އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފޮރިން ޕޮލިސީ ލޯންޗް ކުރުމުގެ ޙާއްސަ ރަސްމިއްޔާތު މިއަދު (27 ޖުލައި 2013) ހަވީރު 4 ޖަހާއިރު މާލެ ސިޓީ ހޯލުގައި އޮންނާނެއެވެ.

މާލެ ސިޓީ ހޯލުގައި މިއަދު މި ބާއްވާ ރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޭޓު ރައީސް މުޙައްމަަދު ނަޝީދުގެ އިތުރުން ޙާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނާއި ފޮރިން ޑިޕްލޮމެޓުންނާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ނޫސްވެރިންނާއި އަދި މިނިވަން ޖަމްއިއްޔާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.