“ނެތޭ ވެވޭކަށް ބާޣީއަކަށް” ޅ. ބ އަދި ރ އަތޮޅުގެ ދަތުރުފުޅުގައި ރައީސް ނަޝީދުގެ ރަނިންގްމޭޓް ޑރ. މުސްތަފާ ލުތުފީ ފުރާވަޑައިގަންނަވައިފި

BQKDrdOCYAAdwre.jpg_large

ލިޔުނީ: ޝަހިދާ

“ނެތޭ ވެވޭކަށް ބާޣީއަކަށް” ޅ. ބ އަދި ރ އަތޮޅުގެ ދަތުރުފުޅުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގްމޭޓް ޑރ. މުސްތަފާ ލުތުފީ މިއަދު (27 ޖުލައި 2013) ފުރާވަޑައިގަންނަވައިފިއެވެ. މިފަހަރުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާނީ ޅ. ނައިފަރަށެވެ.

މި ދަތުރުފުޅުގައި ޅ. ނައިފަރުގެ އިތުރުން ޑރ. މުސްތަފާ ލުތުފީ ޒިޔާރަތް ކުރައްވާނީ އެއަތޮޅުން ހިންނަވަރަށާއި، ރ. އުނގޫފާރަށާއި އަދި ބ. އޭދަފުށްޓަށެވެ.

“ނެތޭވެވޭކަށް ބާޣީއަކަށް” އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ މި ދަތުރުފުޅުތަކުގައި ރިއާސީ ކެންޑިޑޭޓް ރައީސް ނަޝީދު ހޮވުމަށްޓަކައި އެމްޑީޕީއިން މިހާތަނަށް ކުރަމުން ގެންދިޔަ ކެމްޕެއިން މަސައްކަތްތަކުގެ އިތުރުން މިފަހަރުގެ ދަތުރުތަކުގައި ތަފާތު އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަނމަޖެހިފައެވެ. މި ގޮތުން މިފަހަރު ޑރ. މުސްތަފާ ލުތުފީ ޒިޔާރަތްކުރައްވާ ރަށްރަށުގައި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގެ ބިލްބޯރޑު އަދި ބަޣާވާތާ ގުޅޭ ބިލްބޯރޑް ހަރުކުރުން، 7 ފެބްރުއަރީ 2013ގައި ހިންގި ބަޣާވާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ބެހުމާއި، ބަޣާވާތުގެ ސީޑީ ބެހުން ހިމެނިގެންވެއެވެ.

ރައިސް ނަޝީގެ ރަނިންގމޭޓު ޑރ. މުސްތަފާ ލުތުފީއާއި އެކު މި ދަތުރުފުޅު ތަކުގައި ބައިވެރިވެވަޑައިގަންނަވާނީ، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު އަބްދުﷲއާއި، މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާޙިމް އަޙުމަދު އަދި ހެންވޭރު ދެކުނު ދާއިރާގެ ރައީސް ހުސެއިން ޝަހީމުއެވެ.