ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި އެމް.ޑީ.ޕީ ހއ. ދިއްދޫ އެއްބުރުން 2013 ކެންޕޭން ބައްދަލުވުމެއް ރޭ (26 ޖުލައި 2013) މާލޭ ސިޓީހޯލުގައި ބާއްވައިފިއެވެ.
ހއ. ދިއްދޫ އެމް.ޑީޕީ މެންބަރުންގެ ތެރެއިން މާލެ، އާއި މާލެ ކައިރި ރެސޯޓް ތަކުގައި ވަޒީފާ އަދާކުރަމުންދާ ޒުވާނުންނާއި ހަރުމީހުން ބައިވެރިވި މި ބައްދަލުވުން 9:30 ން ފެށިގެން 10:45 ށް ކުރިއަށް ގެންދެވުނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ދިއްދޫ ގެ ކެންޕޭން ފުރިހަމަ ގޮތުގައި ގެންދިއުމުގައި ގިނަމީހުން ރަށަށް ގޮސް މަސައްކަތްތައް ކުރިއަށް ގެންދާނެގޮތަކާއި އަދި ޢަމަލީ ގޮތުން ކެންޕޭނުގައި ބައިވެރިވެ އުޅެވޭނެ ފަރާތްތައް ދެނެގަނެ އަދި އެ ފަރާތްތަކުގެ އާއިލާ ތަކުގެ މެނަބަރުންގެސައްތައިން ސައްތަ ވޯޓު ހޯދުމަށް މަސައްކަތް ކޮށް އެކަމުގެ މައުލޫމާތު ރެޕޯޓް ކުރުމަށެވެ ގިނައަދަދެއްގެ ބަޔަކު ބައިވެރި މިބައްދަލުވުން ކުރިއަށް ދަނިކޮން ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މާލޭ ސިޓީ ހޯލަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު އާއި މަތިއުތުރު ޕުރޮވިންސް ގެ ރައީސް އާދަމް ނަސީރު އާއި އެމްޑީޕީ ދިއްދޫ ދާއިރާގެ ރައީސް އާދަމް ސަލީމެވެ. އަދި ބައްދަލުވުމަށް ހާޒިރުވެ ތިބި އެންމެހާ ފަރާތްތައް އެމަނިކުފާނަށް ވަރަށް ހޫނުމަރުހަބާ އެއް ދެނެވިއެވެ
ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އަބަދުވެސް ތިލަދުންމަތީ ގެ ތާޢީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާކަމަށާއި އަދި ހާއްޞަ ގޮތެއްގައި އަބަދުވެސް ދިއްދޫ ގެ ރައްޔިތުންގެ ތާއީދު ބޮޑުކޮން އޮންނަކަމީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއްކަމުގައި ވިދާޅުވެ، ކުދި ރައްތަކަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ދިއްދޫ ތަރއްގީ ކުރައްވާނެ ގޮތުގަެ ޕުލޭންތައް ހެދިފައިވާ ކަމަށާއި، މިވަގުތުވެސް ދިއދޫ އަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއަދަވާދެއްވާނެކަމަށާއި، އަލަށް ހިއްކި ސަރަހައްދުގައި އިތުރަށް ގެތައް އިމާރާތްކުރަން ޖެހޭކަނަް ފާހަގަކުރައްވަމުން ދިއްދޫ ގެ މަގުތައް ރަގަޅުފެންވަރަކަށް ހަދަން ޖެހިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ގެ ވާހަކަފުޅަށް ފަހު ދިއްދު ދާއިރާގެ މެންބަރު އަހްމަދު ސަމީރު ގެ ވާހަކަ ފުޅުގައި ކެންޕޭންގައި ވަރަށް ބުރަކޮން އުޅުއްވަމުން ވެސް މި ބައްދަލުވުމަށް ވަގުތުކޮޅެއް ހުސްކޮށްލަ ދެއްވައި ވަޑައިގެންނެވި ކަމަށްޓަކައި ރައީސް ނަޝީދަށް ޝުކުރުއަދާކުރެއްވިއެވެ އަދި ރައީސް ނަޝީދުގެ 3 އަހަރު ދުވަހުގެ އޯގާތެރި ސަރުކާރުގައި ދިއްދޫ އަށް ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތައް ދިއްދޫ ލޮބުވެތި ރައްޔިތުން އަގުވަޒަން ކުރައްވާ ކަމަށާއި އިރާދުކުރެއްވިޔާ މިފަހަރުވެސް ދިއްދޫ ގެ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތު ރައީސް ނަޝީދު އަށް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން ހއ. ، ހދ އަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރު ޝިފާ މުހައްމަދުގެ ވާހަކަ ފުޅުގައި ދިއްދޫގެ ކެންޕޭން ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ގަންނަވާކަމަށާއި، ހއ.ހދ ގެ ކެންޕޭނަށް ދިއްދޫގެ ކެންޕޭނު ޓީމުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ގަދައަޅާ މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް އެންމެ ފަހު ވަގުތަށް ވެސް މަސައްކަތް ކުރުމަށް ވިދާޅުވެ ބައިވެރިންނަށް ހިއްވަރު ދެއްވިއެވެ. މިބައްދަލުވުމުގައި މެންބަރު އަބްދުލް ގަފޫރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ފަހު ދިއްދޫގެ ތަރައްގީއާއި ގުޅޭގޮތުންނާއި ކެންޕޭންގެ ކަންތަކާގުޅޭގޮތުން ބައިވެރިން ގެ ސުވާލުތަކަށް ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ޖަވާބުދެއްވިއެވެ.