ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މަތިއުތުރު ޕްރޮވިންސްގެ ހދ. ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ކުޅުދުއްފުށީ ފެންހޮޅިލުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވާނެއެވެ. އަދި ކުޅުދުއްފުށީގައި ބިނާކުރާ ރޯހައުސްގެ މަޝްރޫޢުގެ ބިންގާވެސް ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވާނެއެވެ. މި މަޝްރޫޢުތައް ފަށްޓަވައިދެއްވުން އޮންނާނީ މިއަދު ހަވީރުއެވެ. އެއަށްފަހު މިކަމާ ގުޅޭ ޖަލްސާ ޖަލާލުއްދީން ސްކޫލުގައި އޮންނާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.